ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)E9C/2016/04
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 31 މާރިޗު 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން


ކޯޓު އޮފިސަރގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޓު އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އަސާސީ މުސާރަ: 

މަހަކު -/4،465 ރުފިޔާ

އެލަވަންސް: 

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓު

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން.
  2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ، ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް ބުނެދިނުން.
  3. ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަކުރުން.
  4. ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓުތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
  6. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.
  7. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  8. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  9. މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާއި ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން.
  10. އެކިއެކި އިމާރާތްތަކާއި ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން.
  11. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށް.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުން ލިބެން ހުންނާނެ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލުމާތު ސާފުކުރުމަށް ގުޅާނީ 6580281 ނަންބަރު ފޯނަށެވެ.

12 ޖުމާދަލްއާޚިރާ 1437 

21 މާރިޗު 2016