މުބާރާތް
ނަންބަރު: (IUL)160-A/1/2016/42
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 30 އޭޕްރިލް 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤައުމީ ޤުރްއާން މުބާރާތް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ 31ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 20 ޝަޢުބާން 1437 (27 މޭ 2016) ވަނަ ދުވަހު މާލޭގައެވެ.

1. މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

  މި މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި، އެ ޖަމްޢިއްޔާއެއްގެ މަޤްޞަދުތަކުގެ ތެރޭގައި އިސްލާމްދީނަށް ޚިދުމަތް ކުރުން ހިމެނޭ ޖަމްޢިއްޔާތަކަށެވެ.

2. މުބާރާތުގެ ގޮފިތައް:

  1. ފޮތުން ކިޔެވުމުގެ ގޮފި

  2. ހިތުން ކިޔެވުމުގެ ގޮފި

3. މުބާރާތުގެ ބައިތައް

  މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ

ފޮތުން ކިޔެވުން

ހިތުން ކިޔެވުން

ވިދިވިދިގެން 10 ފޮތް

ތަޖުވީދުގެ ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖުވީދުގެ ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖުވީދުގެ ހަމަތަކުގެ މަތިން

ވިދިވިދިގެން 10 ފޮތް

ތަޖުވީދުގެ ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖުވީދުގެ ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖުވީދުގެ ހަމަތަކުގެ މަތިން

4. މުބާރާތުގައި ބައިވެރިވުން

- މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށަހަޅާ ކެންޑިޑޭޓުންނަށާއި، މަތީގައި ބުނެވުނު ފަދަ ޖަމްޢިއްޔާތައް ތަމްސީލު ކުރުމަށް އެ ޖަމްޢިއްޔާތަކުން ހުށަހަޅާ ކެންޑިޑޭޓުންނަށެވެ.

- މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމު ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި މަރްކަޒަށް ހުށަހަޅައި މަރްކަޒުން އެކަން ޤަބޫލު ކުރިކަން އެންގުމުންނެވެ.

- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 30 އެޕްރީލް 2016 ވަނަ ދުވަހުގެ ކުރިން، ކައުންސިލްތަކުންނާއި ޖަމްޢިއްޔާތަކުން މަރްކަޒަށް ހުށަހަޅަންވާނެއެވެ.

- 1 އެޕްރީލް 2016 ވަނަ ދުވަހުން ފެށިގެން މި ފޯމު މަރްކަޒުން ލިބެން ހުންނާނެއެވެ.

5. މުބާރާތުގައި ބައިވެރިކުރެވޭނެ އަދަދު:

- މި މުބާރާތުގެ ދެ ބައިގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ އަންހެން ކެންޑިޑޭޓަކާއި ފިރިހެން ކެންޑިޑޭޓެކެވެ.

- ކޮންމެ ކެންޑިޑޭޓަކަށް ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ބައިގެ ތިން ގޮފީގެ ތެރެއިން ކޮންމެވެސް އެއް ގޮތްޕެއްގައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް މުބާރާތުގެ ދެ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނޯޓް: މި އަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

6. މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް:

  (ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

  (ށ) ރާއްޖޭގެ މަޝްހޫރު ޤާރީއެއް ކަމުގައި ނުވުން. މި ކަން ކަނޑައަޅާނީ މަރްކަޒުންނެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި މަތީގައި ބުނެވުނު ޖަމްޢިއްޔާތަކަށް އަރުވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ. މި އިޢުލާނާ ގުޅިގެން މަރުކަޒުން ކޮށްފައިވާ އިޢުލާން ނަންބަރު: A/1/2016/39ފ-160(IUL) ބާޠިލުކޮށްފީމެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016