ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-FP/1/2016/12
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 29 މާރިޗު 2016 12:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                   01

   ރޭންކް:                        ޖީއެސް.3

   ކްލެސިފިކޭޝަން:                   އޮފިސަރ ގްރޭޑް 1

   މުސާރަ:                      -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:               ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:          ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުތު:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ފާސް ލިބިފައިވުން.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލް އޮފް ކަރިކިޔުލަމުން ރާވައި ހިންގާ ބައްދަލުވުން، ސެމިނަރ، ވާރކްޝޮޕް ދަތުރުފަދަ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުން.
  2. ސްކޫލް އޮފް ކަރިކިޔުލަމަށް ހޯދަންޖެހޭ ރިސޯސް މެޓީރިއަލްތަކުގެ ލިސްޓްތައް އެއްކޮށް ހޯދުމުގެ މަސައްކަތް ކުރުން.
  3. ސްކޫލް އޮފް ކަރިކިޔުލަމްގެ އަހަރި ބަޖެޓާއި ރިޕޯޓް ތައްޔާރުކުރުން.
  4. ސްކޫލް އޮފް ކަރިކިޔުލަމުން ބޭރުގެ އެހީގައި ހިންގާ ޕްރޮގްރާމްތަކުގެ މަސައްކަތްކުރުން.
  5. ސްކޫލް އޮފް ކަރިކިޔުލަމުގެ އެހެން އިދާރީ މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  6. ޖަވާބުދޭންޖެހޭ މެސެޖް،ސިޓީ، ނޯޓް ފަދަ ތަކެއްޗަށް ޖަވާބުދިނުން، އެފަދަ ސިޓީތައް ވެރިންގެ އަރިހަށް ގެންދިއުން އަދި އެކަންކަން ގަވާއިދުން ފޮލޯއަޕް ކުރުން.
  7. ސްކޫލް އޮފް ކަރިކިޔުލަމްގެ ފައިލިންގ ސިސްޓަމް ހަރުދަނާ އުސޫލެއްގެ މަތިން ފައިލްކޮށް ބަލަހައްޓައި ފައިލްގައިވާ އެއްޗެއް ހޯދުމުގައި ފަސޭހަ ރަނގަޅުގޮތްތައް އިންތިޒާމުކުރުން.
  8. ތައްޔާރުކުރާ މުޤައްރަރާއި، ފޮތް ފަދަ ތަކެތީގެ ސޮފްޓް ކޮޕީއާއި ހާޑްކޮޕީ ރައްކާކޮށް އިންވެންޓްރީ ބެލެހެއްޓުން.
  9. ސްކޫލް އޮފް ކަރިކިޔުލަމްގެ މަސައްކަތާ ގުޅޭ އިދާރީ ކަންތައްތައް ވެރިން އަންގަވާ ގޮތުގެމަތިން ބެލެހެއްޓުން.
  10. ސްކޫލް އޮފް ކަރިކިޔުލަމްގެ ވެރިޔާގެ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

   މަޤާމު:                     އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީއެސް.3

   ކްލެސިފިކޭޝަން:                އޮފިސަރ ގްރޭޑް 1

   މުސާރަ:                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ތަނާއި ރަށް:         ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮމްޕިއުޓަރ ނެޓްވާރކް ރަނގަޅަށް ބެލުމާއި ދިމާވާ އެންމެހާ މައްސަލަތައް ހައްލުކުރުން.
  2. ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. އޮފީހުގެ ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަނގަޅަށް ބެލެހެއްޓުން.
  4. އޮފީހުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ފޮޓޯކޮޕީ މެޝިން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  5. އޮފީހުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން.

އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 03 އެޕްރީލް 2016 އާއި 07 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

 މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 29 މާރިޗު 2016 ވަނަ ދުވަހުގެ 12:30ގެ ކުރިން.

21 މާރިޗު 2016