ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2016/027
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި:
05 އެޕްރީލް 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
04 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ
އިޢުލާން
04 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ:
މިކުންފުންޏަށް 04 (ހަތަރެއް) ޖަނަރޭޓަރު ސެޓް ގަންނަން ބޭނުންވެއެވެ. މިމަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިޔުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމަންޓެއް ކަމުގައި ދަންނަވަމެވެ.
- ބިޑް ޑޮކިއުމަންޓްގެ އަގު: USD 100.00 (ސަތޭކަ ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހިފައިސާ (ނޮން ރިފަންޑަބަލް)
- ބިޑް ސެކިއުރިޓީ: USD 5,000.00 (ފަސްހާސް ޑޮލަރު)
- ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 މާރިޗު 21 އިން 28 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 އަށް.
- ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިޔުމަންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރީޚުގައި ބިޑް ޑޮކިޔުމަންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލް 05 ވާ އަންގާރަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
12 ޖުމާދަލްއާޚިރާ 1437
21 މާރިޗު 2016