ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ރިލީފް ޓީޗަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
ޓީ. އެސް. އޯ. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސްކޫލް ޓީޗަރ |
އިތުރުގަޑީގެ ފައިސާ: |
ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: |
ދ. ބަނޑިދޫ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ އަތޮޅާއި ރަށް: |
ދ. ބަނޑިދޫ |
މަޤާމުގެ މުސާރައާއި އެލަވަންސް:
ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ |
މަހަކު -/4،450 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުޠު:
|
ވަޒީފާގެ މަސްއޫލިއްޔަތުތައް: 1. ސްކީމު އޮފް ވާރކްތައް ތައްޔާރުކުރުން. 2. ޓައިމްޓޭބަލްގައިވާ ގޮތުގެ މަތިން ކުލާސްތައް ނެގުން. 3. އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިތުރުއެހީ ދިނުން. 4. އިތުރު ހަރަކާތްތައް ހިންގުމުގައި ބައިވެރިވުން. 5. ލެސަންޕްލޭން ހެދުމާއި، ބޭނުންވާ ލާރނިންގ އެއިޑްސްތައް ތައްޔާރުކުރުން، 6. ޔުނިޓް ޓެސްޓްތަކާއި، ޓާމް ޓެސްޓްތަކާއި، މާރކިންގސްކީމް ތައްޔާރުކުރުން. 7. ޓެސްޓް ޕޭޕަރުތައް މާކުކުރުމާއި، މާކްސް ޝީޓްތައް ތައްޔާރުކުރުން. 8. ޓާމް ޓެސްޓް އިންވިޖިލޭޓްކުރަން ޖެހިއްޖެ ހިނދެއްގައި ޑިޔުޓީކުރުން. 9. ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. 10. ވަޒީފާގެ ބަޔާނުގައި ނުހިމެނޭ، ވަޒީފާއާ ގުޅޭ، އޮފީހުން އަންގާ މަސައްކަތްތައް ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
ހުށަހަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު. ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. |
ސުންގަޑި: |
އިންޓަވިއުކުރުން: މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، 30 މާރިޗު 2016 އާއި 3 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްގައި ދ. ބަނޑިދޫ ސްކޫލުގައެވެ. |
ނޯޓު: |
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް، މި ސްކޫލުގެ 7952916 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
12 ޖުމާދަލްއާޚިރާ 1437