މަސައްކަތް
ނަންބަރު: MMS-A/2016/6
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 31 މާރިޗު 2016 10:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ކޮންޓްރެކްްޓް އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑޮޕްލަރ ވެދަރރާޑަރގެ ޑޯމް ވޯޓަރޕްރޫފް ކުރަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016