ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2016/6
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 31 މާރިޗު 2016 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
'ނޫސްވެރިކަމުގެ އިނާމު 2015' އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު 2015" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން:

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2015 އަށް ނަން ހުށަހެޅުއްވުމަށް ކުރެވުނު އިއުލާނު ނަންބަރު: MS/1/2016/3-ފ219(IUL) (28 ފެބުރުވަރީ 2016) އިޢުލާނުގައި ދީފައިވާ މުއްދަތަށް އިތުރު ވަގުތު ދިނުމުގެ ގޮތުން 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް މިހާރު ވަނީ ހުޅުވާލައިފައެވެ.

މިއިނާމު ދިނުމަށް ކަނޑައަޅާފައިވަނީ އަންނަނިވި ހަތް ދާއިރާއިންނެވެ.

  1. އިޖުތިމާޢީ ދާއިރާ
  2. ސިޔާސީ ދާއިރާ
  3. ކޯޓާއި ޝަރުޢީ ދާއިރާ
  4. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
  5. ކުޅިވަރުގެ ދާއިރާ
  6. ފޮޓޯ ޖާރނަލިޒަމް ދާއިރާ
  7. ވީޑިއޯ ޖާރނަލިޒަމް ދާއިރާ

ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާގެ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް މި އިނާމަށް ކުރިމަތިލެވިދާނެއެވެ. އަމިއްލަ ފަރުދަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން މި އިނާމަށް ހުށަހެޅިދާނެއެވެ.

މިއިނާމަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2016" ފުރިހަމަކޮށް، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާ އެކުގައެވެ.

"ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2016" އާއި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު 2016" އާއި މާކްސް ދިނުމުގައި ބަލާނެ މައިގަނޑު މިންގަނޑުތައް އެކުލެވޭ "ޖަދުވަލު 1 އަދި ޖަދުވަލު 2" މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ، މި އިނާމަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 31 މާރިޗު 2016 ވަނަ ތާރީޚުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ނުވަތަ 3003886 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބޭނެއެވެ.

08 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016