މަސައްކަތް
ނަންބަރު: (IUL)289/289/2016/19
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 24 މާރިޗު 2016 10:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

ލަންދޫ ސަހަރާގެ ހުޅަނގުދެކުނު ކަނަށްވާ ސަރަހައްދުގައި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު 289/289/2016/14(IUL) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ދުރުވި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2016 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

  • އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގަށް

މަސައްކަތުގެ މުއްދަތަށް

މަސައްކަތާއިގުޅޭ ތަޖުރިބާއަށް

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް

ޖުމްލަ

80%

10%

5%

5%

100%

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016