މަސައްކަތް
ނަންބަރު: (IUL)306/306/2016/28
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 28 މާރިޗު 2016 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިޙުސާންގެ ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ރ. ރަސްމާދޫ މަސްޖިދުލް އިޙުސާންގެ ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރ. ރަސްމާދޫ މަސްޖިދުލް އިޙުސާންގެ ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ބިޑް ޑޮކިޔުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

28 މާރިޗު 2016، (ހޯމަ) 10:00 (ހެނދުނު)

04 އެޕްރީލް 2016، (ހޯމަ) 10:00 (ހެނދުނު)

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލުގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- މަސައްކަތުގެ އަގު (60 އިންސައްތަ)

2- މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4- މި ފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މާރިޗު 2016