މަސައްކަތް
ނަންބަރު: (IUL)339/339/2016/7
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 23 މާރިޗު 2016 10:30
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން

އިޢުލާން

ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުން.

މިރަށުގެ ދެކުނު އަވަށާއި، އުތުރު އަވަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 30 ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަނދާސީ ހިސާބު ހުށަހަޅުއްވާނީ ދެއަވަށަށް ވަކިންނެވެ (މިމަސައްކަތްކުރުމަށް އަންހެން ބޭފުޅުންނަށް އިސްކަންދެވޭނެ)

އަންދާސީހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅާންވާނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް

މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް)

60

ޢަމަލީގޮތުން މަސައްކަތް ކުރުމަށް ހުށަހަޅާ އަންހެންޓީމަކަށް. (10 މީހުނަށްވުރެ މަދުނޫން)

30

މަސައްކަތުގެ ތަޖުރިބާ. ( ހުށަހަޅާ ލިޔުންތަކަށް ބަލައި )

10

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016