މަސައްކަތް
ނަންބަރު: (IUL)418/418/2016/18
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 23 މާރިޗު 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިހާރު ހަވާލުކުރެވިފައިވާ ފަރާތާއި މިއިދާރާއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 01 އެޕްރީލް 2016 ގައި ހަމަވާނެތީ، މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާން ކުރީމެވެ.

ވީމާ، މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  • މަޢުލޫމާތު ސާފުކޮށްދިނުން: 23 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 ގައި.
  • އަންދާސީހިސާބު ބަލައިގަތުން: 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016