ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)222-AH/INDIV/2016/12
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 28 މާރިޗު 2016 13:30
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރުދުވަސް

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދެއަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހެރިޓޭޖް ސެކްޝަނާއި ކޯޕަރޭޓް އެފެއާޒް ސެކްޝަނުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުން.
  2. ހެރިޓޭޖް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން.
  3. އޮފީހަށް ލިބޭ ސިޓީއާއި، ފޮނުވާ ތަކެތި މާސްޓަރ ފައިލަށް ލުމާއި، ފައިލިންގ ސިސްޓަމް މެނޭޖް ކުރުން.
  4. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކާއި، ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރތަކާއި، ސިވިލް ސަރވިސްގެ ސަރކިއުލަރތައް ޑައުންލޯޑްކޮށް އޭގެ ރެކޯޑު ބެލެހެއްޓުން.
  5. ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ހިންގެވުން ހަވާލުކުރައްވާ ސިޔާސީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް ކުރުން.
  6. ޔައުމިއްޔާ ލިޔުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  7. އޮފީހަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުމާއި އަދި ބަދަލުކުރުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި އެހީތެރިވެދިނުން.
  8. ސޮޓޮކް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.
  9. އޮފީހަށް ލިބޭ ތަކެތި އެންޓްރީ ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  10. އޮފީހުގެ ކައުންޓަރުންދޭ ޚިދުމަތްތަކުގައި އެހީތެރިވެ ދިނުން.
މަޤާމް :އެސިސްޓެންޓް އާކިޓެކްޓް (ވަގުތީ)
ބޭނުންވާ އަދަދު :1

އެސިސްޓެންޓް އާކިޓެކްޓް (ވަގުތީ)

އެމް.އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ހެރިޓޭޖް ސެކްޝަން

-/6,295 ރުފިޔާ

މަހަކު -/3,500 ރުފިޔާ

01 އަހަރުދުވަސް

01

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

08:00 އިން 14:00 އަށް

ވަގުތީ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދައިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: އާކިއޮލޮޖީ، ހެރިޓޭޖް މެނޭޖްމަންޓް، ކޮންޒަރވޭޝަން މެނޭޖްމަންޓް، އާކިޓެކްޗަރަލް ކޮންޒަރވޭޝަން، ކަލްޗަރަލް ސްޓަޑީސް، ހިސްޓްރީ، ހެރިޓޭޖް ސްޓަޑީސް، ކަލްޗަރަލް ހެރިޓޭޖް، ހެރިޓޭޖް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ހެރިޓޭޖް ސައިންސް، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން

  1. ދިވެހިރާއްޖޭގައި ހުރި އާސާރީ ސަރަޙައްދު، ބިނާ އަދި ސައިޓްތަކުގެ ސްޓްރަކްޗަރ އެނެލައިޒްކޮށް ރިސަރޗް ހަދައި ހޯދުނު މަޢުލޫމާތުގެ ޑޮކިއުމެންޓް ކުރުން.
  2. ސައިޓްތަކާއި، އިމާރާތްތަކާއި ބިނާތަކާއި ތަކެތި (އުފުލޭ އަދި ނުއުފުލޭ) ސަރވޭކޮށް އިންތަކާއި މިންތައް ނަގައި ތަކެއްޗާއި ތަނުގެ މަޢުލޫމާތު ރެކޯޑު ކުރުން.
  3. އެފަދަ ތަންތަނަށާއި ތަކެއްޗަށާއި އެ ސަރަޙައްދަކަށް އަންނަ ބަދަލުތައް ރެކޯޑުކުރުން.
  4. ރާއްޖޭގެ ތަރިކައާ ގުޅިގެން ތައްޔާރުކުރަންޖެހޭ އިމާރާތްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ ދިނުން.
  5. އާސާރީ ސަރަޙައްދު، ބިނާ އިންޓަރޕްރިޓް ކުރުމަށްޓަކައި އެ މަސައްކަތް ޕްލޭން ކުރުމުގައި އެހީތެރިވުމާއި އެ ސަރަޙައްދުގެ ބިނާތައް ފަރުމާކުރެވިފައިވާގޮތް ދިރާސާކޮށް ކުރެހުން ތައްޔާރުކުރުން.
  6. ރާއްޖޭގެ ސަޤާފީ ތަރިކަ ހިމާޔަތް ކުރުމުގައި ތައްޔާރުކުރާ ތަރިކައިގެ ދިރާސާތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުން ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ފަދަ ކޮމްޕިއުޓަރ އެޕްލިކޭޝަންސް ބޭނުންކޮށްގެން ތައްޔާރުކުރުން.
  7. ދިވެހިރާއްޖޭގައި ހުރި އާސާރީ ސައިޓްތައް ހޯދައި މިހާރު ހުރި ސައިޓްތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޕްރޮޖެކަޓް ޓީމާއެކު މަސައްކަތް ކުރުން.
  8. ކޮނުމުގެ ތަފާތު އާލާތްތައް ބޭނުންކޮށްގެން ފީލްޑް އެކްސްކެވޭޝަން ނުވަތަ ކޮނުމުގައި ޙަރަކާތްތެރިވާ ޕްރޮޖެކްޓް ޓީމްތަކާއެކު ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  9. އެކްސްކެވޭޓް ކުރުމަށްފަހު ހޯދޭ ހޯދުންތައް އެނަލައިޒް ކުރުމަށްޓަކައި ކުރެހުން ތައްޔާރުކުރުން.
  10. އާޓިފެކްޓްސް، އާސާރީ ސައިޓްތައް އަދި މޮނިއުމެންޓްސް ޕްރިޒަރވްކޮށް ކޮންޒަރވް ކުރުމާއި އާޓިފެކްޓްސް ކިއުރޭޓްކޮށް ޑިސްޕްލޭ ކުރުމުގައި އެކަމުގައި ޝާމިލުވާ އެހެން ފަރާތްތަކަށް އެއްބާރުލުން ދިނުން.
  11. ޢާންމުން ހޭލުންތެރިކުރުވުމަށް އާސާރީ ސައިޓްތަކުގެ ރިސަރޗްތަކުގެ ރިސަރޗާ ބެހޭގޮތުން އާޓިކަލްސް ތައްޔާރުކޮށް ޝާއިޢު ކުރުން.

އުޖޫރައާއި އިނާޔަތްތައް:

- މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި އިނާޔަޔްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމް ފޮނުވައިދެވޭނެ).

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާނދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

 08 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016