ދިވެހިރާއްޖެ
އިޢުލާން
މަސައްކަތުމީހެއްގެ މަޤާމަށް މީހަކު ހޯދުން:
މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 9 މާރިޗު 2016 ގައި މި ސްކޫލުން ކުރި 09 /2016/GS68 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވަ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އޮތް އޮފީސް: އަލިފުށީ ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، އަލިފުށީ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުލާސްރޫމްތައް މާބޮޑަށް ހިރަފުސްވެއްޖެނަމަ، ކުލާސްރޫމްތައް ދޮވުން.
- މުވައްޒަފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާ މަދުވެގެން ދުވާލަކު ދެފަހަރު ސާފުކޮށް، އެތަނުގައިވާ މަކުނުވާތަކާއި ހިރަފުސް ފޮޅައި ސާފުކުރުން.
- ކުލާސްރޫމްތައް މަދުވެގެން މަހަކު 1 ފަހަރު ދޮވެ ސާފުކުރުން.
- ކުނިކެހުމަށް ހަވާލުކުރެވިފައިވާ ސަރަހައްދުން ވިނަ ނޮޅައި، ކުނިކަހައި، ސާފުކޮށް ބެލެއްޓުން.
- ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
- ރަސްމީގަޑީގެ އިތުރަށް، ކަނޑައެޅޭ ޑިޔުޓީތަކަށާއި، މަދަރުސާއިން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް އަންގަވައިފިނަމަ، ކަނޑައަޅާ ގަޑިތަކަށް ހާޒިރުވުން.
- ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ، ޕާޓީ، ޙަފްލާ ފަދަ ކަންތައްތަކުގައި ހޯލު ނުވަތަ ގޯތިތެރެ ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް ފުރިހަމައަށް އަދާކުރުން.
މަޤާމުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
މަޤާމް |
ކުލެސިފިކޭޝަން |
ސިވިލް ސަރވިސް ރޭންކް |
ޝަރުތު |
މުސާރަ |
ސާރވިސް އެލަވަންސް |
މަސައްކަތު |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
އެސް. އެސް. 1 |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފއިވުން. |
މަހަކު -/3،100 ރުފިޔާ |
މަހަކު -/1،000 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މާރިޗު 28 ވާ ހޯމަދުވަހާއި 2016 އެޕްރީލް 3 ވާ އާދީއްތަ ދުވަހާ ދެމެދުގެ ތާރީޚެއްގައި އަލިފުށީ ސްކޫލުގައެވެ. (ހުށައެޅޭ ލިޔެކިޔުންތަކަށް ބަލައި، ލިޔަން ކިޔަން އެނގޭމިންވަރު ބެލޭނެއެވެ.)
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ www.alifushischool.edu.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކަމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އަލިފުށީ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 28 ވާ ހޯމަދުވަހުގެ 14.00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
ފޯން: 6580137 ފެކްސް: 6580381
8 ޖުމާދަލްއާޚިރާ 1437