ދިވެހިރާއްޖެ
އިއުލާން
މި ސްކޫލުގެ ނަންބަރު GS103/IUL/2016/06 އިޢުލާނާ ގުޅިގެން އިންޓަރވިއުއަށް ދަޢުވަތު ފޮނުވުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ޕްރިންޓަރ |
މަޤާމު |
||
1 (އެކެއް) |
ބޭނުންވާ އަދަދު: |
||
އެސް އެސް 3 |
ރޭންކް |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
ކުލެސިފިކޭޝަން |
ދާއިމީ |
މަޤާމުގެ ގިންތި: |
||
އިދާރީ |
ޑިވިޝަން |
ބިލެތްފަހީ ސްކޫލް އޮފީސް |
އޮފީސް |
ބިލެތްފަހީ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
||
މަހަކު -/3875ރ |
މުސާރަ |
||
މަހަކު -/1000ރ |
ސަރވިސް އެލަވަންސް |
||
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
އިތުރުގަޑީގެ ފައިސާ |
||
|
ފެންވަރު ނުވަތަ ޝަރުޠު
|
||
1- ހާސިލު ކޮށްފައިވާ ތަޢުލީމާއި ތަމްރީނު 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް |
||
މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު ކުރުން އޮންނާނީ 30 މާރިޗު 2016 އާއި 05 އެޕްރީލް 2016 އާ ދެމެދު ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
އިންޓަރވިއުކުރުން |
||
1- ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓުތަކާއި ޔުނިޓްޓެސްޓާއި ޓާމްޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓްކުރުން 2- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓްޓެސްޓް އަދި ޓާމްޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓްކުރުމަށްފަހު އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން 3- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓްޓެސްޓާއި ޓާމްޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތަކުގެ ރެކޯޑު ބެލެހެއްޓުން 4- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓްޓެސްޓާއި ޓާމްޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓްކުރުމަށް ބޭނުންވާ ކާޓްރިޖާއި ދެލިފަދަ ތަކެތީގެ ރިކޯޑު ބެލެހެއްޓުން 5- ސްކޫލުގައިވާ ޕްރިންޓް ކުރުމާބެހޭ އެންމެހާ މެޝިނަރީއާއި އިކުއިޕްމަންޓްސް މަރާމާތު ކުރުމަށް އެދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން 6- އިދާރީ ކަންކަމުގައި ސްކޫލުގެ ވެރިންނާއި މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުން |
މަޤާމުގެ މަސްއޫލިއްޔަތު |
||
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބިލެތްފަހީ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
||
1- ސިވިލް ސާރވިސް ވަޒީފާ އަށް އެދޭ ފޯމު (މިފޯމު މި ސްކޫލުގެ އޮފީހުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ) 3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް (ޚިދުމަތްކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ) 4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީއެއް) 6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ނަންބަރާއެކު 7- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް 8- ސިވިލް ސަރވިސް ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު. ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. ލިޔުމުގައި މުއްދަތު/ތާރީޚުތައް ބަޔާންކޮށްފައި ވާންވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
||
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
ސެޓުފިކެޓުތަކާއި ލިޔުންތައް އެޓެސްޓްކުރުން |
||
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހުގެ 13:00 އާ ދެމެދު މި ސްކޫލުގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މި ސްކޫލުގެ އިދާރާއަށް ވަޑައިގެންނެވުމުންވެސް މަޢުލޫމާތު ސާފޮކޮށްދެވޭނެއެވެ. |
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ޢާމަލުކުރަންވީ ގޮތް |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
7 ޖުމާދަލްއާޚިރާ 1437