ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-205/IUL/2016/15
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 29 މާރިޗު 2016 11:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ހެލްތު އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް:

ހެލްތު އޮފިސަރ (ދާއިމީ) 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

މަޤާމު އޮތް ތަން:

ރަތަފަންދޫ ސްކޫލް

މަސައްކަތްކުރަންޖެހޭ ތަން:

ރަތަފަންދޫ ސްކޫލް

މަސައްކަތްކުރަންޖެހޭ ސެކްޝަން: އިދާރީ

 

 

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ (ޞިއްޙީ ދާއިރާއިން) ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (ޞިއްޙީ ދާއިރާއިން) ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (ޞިއްޙީ ދާއިރާއިން) ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ބަލިވެގެން އަންނަ ދަރިވަރުންނަށް އެހީތެރިވުމާއި، އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި، ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑުކުރުމަށްފަހު ގެއަށް ފޮނުވުން.
  2. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލުތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.
  3. ގްރޭޑް 1 އަށް ވަންނަ ކުދިންނާއި، އަލަށް ސްކޫލަށް ވަންނަ ކުދިންގެ ހެލްތު ރެކޯޑު ބެލެހެއްޓުން.
  4. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ދިނުން.
  5. ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ، ސްކޫލުގެ އިދާރާއާ ގުޅިގެން އެކަން ހަމަޖެއްސުން.
  6. ސްކޫލުގެ ގޯތިތެރޭގައި މަދިރިފަނި އުފެދިފައި ހުންނަ ތަންތަން ބަލައި ޗެކްކުރުން.
  7. ސްކޫލުގައި ހިންގޭ  ތަފާތު  ހަރަކާތްތަކުގައި  ދަރިވަރުންނަށް  އެހީތެރިވެ،  ފަސްޓް  އެއިޑުގެ  ޚިދުމަތް  ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތްދިނުމާއި، ބޭނުންވާނެ އެހެނިހެން ޞިއްޙީ ފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުން.
  8. ސްކޫލުގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ރަށްރަށަށް ދިއުން.
  9. ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
  10. ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑްތައް ބެލެހެއްޓުން.
  11. ކުރިއަށްއޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
  12. ކޮންމެ ދުވަހަކު ސެޝަން ގަޑީގައި މަދުވެގެން ދެފަހަރު ތިރީގައިމިވާ ކަންތައްތައް ކުރުން.
  13. ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން.
  14. ސްކޫލުގެ އިންޓަރވަލްގަޑި މޮނީޓަރކުރުން.
  15. ފެންބޯ އިސްކުރާއި ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  16. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ޢިނާޔަތްތައް:

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އެކަށީގެންވާ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިޔު ކޮށްގެން.

 

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ގަޑި، ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯނުން އެންގޭނެއެވެ.
  • މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު  10  އަށްވުރެ  އިތުރުނަމަ،  ތަޢުލީމާއި  ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިޔުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ ރަތަފަންދޫ ސްކޫލުގައެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 29 އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށްފައި މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ކިޔަން އެނގޭ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ.

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016