ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މުސާރަ: |
މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
||
ސަރވިސް އެލަވަންސް: |
މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
||
މަޤާމް އޮތް ތަން: |
ރަތަފަންދޫ ސްކޫލް |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ރަތަފަންދޫ ސްކޫލް |
މަސައްކަތް ކުރަންޖެހޭ ސެކްޝަން: އިދާރީ |
|
މަޤާމުގެ ޝަރުޠު: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލުގެ ސެޓްފިކެޓް އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. |
||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ޑިއުޓީ ގަޑީގައި އެކި ބޭނުންތަކުގައި ސްކޫލަށް އަންނަ ފަރާތަތަކުގެ ބޭނުންތައް ވީހާވެސް އަވަހަކަށް ބަލައި، އެކަމެއް ކޮށްދެވެން އޮތަނަމަ، އެކަމެއް ކޮށްދިނުން ނުވަތަ އެކަމެއް ކުރެވެން އޮންނަ އުސޫލު އޮޅުންފިލުވައިދިނުން. 3- ޓީޗަރުން ސްކޫލަށް ނާންނަ ދުވަހެއްނަމަ، ރިލީފް ހަދައި، ޓީޗަރުންލައްވައި ސޮއިކުރުވުން. 4- ސްކޫލުން ވަކިވާ ކުދިންނަށް ލީވިންގ ސެޓްފިކެޓްތައް، ހަމަޖެހިފައިވާ އުސޫލުން ހައްދައިދިނުމާއި، ސްކޫލަށް ވަންނަ ކުދިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ސުޕަވައިޒަރުންނާއި ޓީޗަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުން. 6- ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ނުނިމޭނަމަ، އިތުރުގަޑީގައި ނުކުމެގެން ނިންމުން. 7- ސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކާއި ޚާއްޞަ ރަސްމިއްޔާތުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަސްމީ ދުވަސްތަކުގައި ސްކޫލުގެ އޮފީހުން އަންގާ، ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން. 8- މުވައްޒަފަކު ޗުއްޓީ ނެގުމާ ގުޅިގެން އެ މުވައްޒަފެއް ކުރަމުންއައި، ވަޒީފާއާ ގުޅޭ މަސައްކަތެއް ސްކޫލުން ހަވާލުކޮށްފިނަމަ، އެ މަސައްކަތެއް ކުރުން. |
||
ޢިނާޔަތްތައް: |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް: |
|
||
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
|
||
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 29 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން، ސިވިލް ސަވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ކިޔަން އެނގޭ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) |
||
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ. |
8 ޖުމާދަލްއާޚިރާ 1437