ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްރިންޓަރ |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
މަޤާމުގެ ރޭންކް: އެސް. އެސް. 3 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މުސާރަ: |
މަހަކު -/3،875 ރުފިޔާ (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ) |
||
ސަރވިސް އެލަވަންސް: |
މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) |
||
މަޤާމް އޮތް ތަން: |
ރަތަފަންދޫ ސްކޫލް |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ރަތަފަންދޫ ސްކޫލް |
ސެކްޝަން: އިދާރީ |
|
މަޤާމުގެ ޝަރުޠު: |
1- މަޤާމަށް ބޭނުންވާ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ލިބިފައިވުން. |
||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ޗާޕްކުރަންޖެހޭ އެންމެހައި ތަކެތި ޗާޕްކުރުމާއި، ބައިންޑްކުރަންޖެހޭ ތަކެތި ބައިންޑްކުރުމާއި، ފޮޓޯކޮޕީ ނަގަންޖެހޭ ތަކެތި ފޮޓޯކޮޕީ ހެދުމާއި، ލެމިނޭޓްކުރަންޖެހޭ ތަކެތި ލެމިނޭޓްކުރުމާއި، މަސައްކަތް ނިންމާ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރަންޖެހޭ ދުވަހު ނުވަތަ އޭގެ ކުރިން ތަކެތި ހަވާލުކުރުން. 2. ޗާޕްކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 3. ޔުނިޓް ޓެސްޓް، އެސެސްމަންޓް ޓެސްޓް، ޓާމް ޓެސްޓް ފަދަ ޕޭޕަރުތައް ޗާޕްކޮށް ނަރުޖަހާ ބައިޑްއަޅުވާ ކަނޑައެޅިފައިވާ ތާރީޚަށް ނުވަތަ އޭގެކުރިން މަސައްކަތް ނިންމާ ސުޕަރވައިޒަރުންނާ ހަވާލުކުރުން 4. ޗާޕްކުރުމަށް، ލެމިނޭޓްކުރުމަށް، ފޮޓޯކޮޕީ ނެގުމަށް ބޭނުންކުރާ މެޝިންތައް ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 5. މެޝިންތަކާއި ސްކޭނަރ ސާފުކޮށް ބެލެހެއްޓުން. 6. ސުޕަވައިޒަރުންނާއި ޓީޗަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުން. 7. ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ނުނިމޭނަމަ، އިތުރުގަޑީގައި ނުކުމެ ކުރުން. 8. ނިންމަޖެހޭ މަސައްކަތްތައް ނިންމުމުގައި މައްޗަށް ތިބޭ ވެރިންގެ ލަފާއާއި އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން. 9. މަދަރުސާގެ ހިންގުން ރަނގަޅުކޮށް ހަލުވިކުރުމަށް އެ މުވައްޒަފެއްގެ ހައިސިސއްޔަތުން ކުރެވެން އޮތް ހުރިހާކަމެއް ކޮށް، ސްކޫލުގެ ވެރިންނާ އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން. 10. ލިޔެކިޔުމާބެހޭ ފޮތްތައް ކަރުދާސްޖަހައި އިންތިޒާމްކޮށް ބެލެހެއްޓުން. 11. ލިޔެކިޔުމާބެހޭ ފައިލްތައް އިންތިޒާމޮކޮށް ބެލެހެއްޓުން. |
||
ޢިނާޔަތްތައް: |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް: |
|
||
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
|
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 29 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) |
||
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ. |
8 ޖުމާދަލްއާޚިރާ 1437