ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MMS-A/2016/9
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 31 މާރިޗު 2016 10:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
purchasing IP phones

އިޢުލާން

އައިޕީ ފޯން ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންސްގެ އައިޕީ ފޯން މިސަރވިސްއަށް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓެކްނިކަލް ސްޕެސިފިކޭޝަންސް މަޢުލޫމާތު:

ކެޕިޓަލް އައިޓަމްގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް

ބޭނުންވާ އަދަދު

ކެޕިޓަލް އައިޓަމްގެ ނަން

#

Phone type: IP Phone

Voice: HD Quality

Display Color: Graphic Display

Power: PoE support

SIP Accounts Support: Minimum 2

Head Set Support: Yes

Asterisk PBX Support: Yes

Ethernet Ports: 2 x RJ45 10/100/1000M

PSTN: PSTN Analog phone support

DHCP Support : Yes

Internal Webserver: Yes

VPN support: Yes

Power Plug: Type C or G

12

އައިޕީ ފޯން

1

އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:                                      

  • އަންދާސީހިސާބު ހުށަހަޅުއްވާ އައިޕީ ފޯނު ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ ތަކެއްޗަށެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު އައިޕީ ފޯނުގެ ވަކި އަގު، އަދި ޖުމްލަ އަގު ހިމަނަންވާނެއެވެ.
  • ހުޅުލޭގައި ހުންނަ މިސަރވިސްއަށް މިތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ އެއްވެސް ޗާޖެއް ނަގާނަމަ، އެކަން އަންދާސީހިސާބުގައި އެނގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
  • އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
  • އައިޕީ ފޯނުތަކަށް ވޮރެންޓިީ 01 އަހަރު ދޭންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
    • ކުންފުނީގެ ޕްރޮފައިލް
    • ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
    • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
    • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

10

  1. ތަޖުރިބާ:

10

  1. ވޮރަންޓީ:

10

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:  

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

08 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016