މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/33
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 07 އެޕްރީލް 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހުޅުލެ-ހުޅުމާލެ ކަނެކްޓިންގ ރޯޑުގެ ޑިޒައިން އެންޑް މެނޭޖްމަންޓް ކޮންސަލްޓެންސީ ޚިދުމަތާ ބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ހުޅުލެ-ހުޅުމާލެ ކަނެކްޓިންގ ރޯޑްގެ ޑިޒައިން އެންޑް މެނޭޖްމަންޓް  ކޮންސަލްޓެންސީ ޚިދުމަތާ ބެހޭ

 1. 2016 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހުޅުލެ-ހުޅުމާލެ ކަނެކްޓިންގ ރޯޑު ޤާއިމުކުރުމަށް ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން ހުޅުލެ-ހުޅުމާލެ ކަނެކްޓިންގ ރޯޑުގެ ޑިޒައިން އެންޑް މެނޭޖްމަންޓް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

 3. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) މި ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހަ) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

 4. މި މަސައްކަތުގެ ބީލަންފޮތް (ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް) 15 މާރިޗު 2016 އިން 7 އެޕްރީލް 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ވެސް ބީލަންފޮތް ޝާއިޢުކުރެވިފައިވާނެއެވެ.

 5. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

 6. ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 12 އޭޕްރިލް 2016 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން  "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

   އަމީނީމަގު،

   މާލެ، ދިވެހިރާއްޖެ.

   އީމެއިލް އެޑްރެސް: [email protected]

              [email protected]

13 މާރިޗު 2016