ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MMS-A/2016/10
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 04 އޭޕްރިލް 2016 10:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން

އިޢުލާން

ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން ބޭނުންވެއްޖެ

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.

08 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016