މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/34
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 20 އެޕްރީލް 2016 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާބެހޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް މާލޭގެ 399 ނަންބަރު ކޮށީގައި 6512.17 އަކަމީޓަރުގެ ބިމެއްގައި މިސްކްޑް ޔޫސް ޑިވެލޮޕްމަންޓް ފެސިލިޓީއެއް ގްރައުންޑް ލީސް އުސޫލުން ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި، މިފަދަ ޕްރޮޖެކްޓަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 17 މާރިޗު 2016 އިން 20 އެޕްރީލް 2016 ގެ ނިޔަލަށް ހުޅުވާލަމެވެ. މިމަސައްކަތުގެ ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓުގެ ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން އޮންނާނީ 24 މާރިޗު 2016 ވާ ބުރާސްފަތިދުވަހުގެ 13:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެހަށް 3 އެޕްރީލް 2016 ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީއަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

އަޙުމަދު މުޖުތަބާ

ޑިރެކްޓަރ ޖެނެރަލް

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349191 ، 3349266،

ފެކްސް: 3320706 ، 3324432،

އީމެއިލް: [email protected]

[email protected]

15 މާރިޗު 2016