މަސައްކަތް
ނަންބަރު: MS/2016/05
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 21 މާރިޗު 2016 13:30
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މަރާމާތާގުޅޭ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

* 2 ފާޚާނާބަރީގެ މުށި ކޮށައި އަލުން މުށި ޖެހުމާއި މަރާމާތުކުރުން.

* މަސައްކަތުމީހުން ތިބޭނެ ތަނެއް ހެދުން

* ކެންޓީނެއް ހަދައިދޭނެ ފަރާތެއް ހޯދުން

* ކްލާސްރޫމްތަކުގެ ކުޑަދޮރުތަކުގެ މަރާމާތު

* ރިސެޕްޝަން ކައުންޓަރު ހެދުން

* މަރާމާތާ ގުޅޭ އެހެނިހެން މަސައްކަތް.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗު 2016ވާ ހޯމަ ދުވަހުގެ 13:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗު 2016ވާ ބުދަދުވަހުގެ 13:30އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.

17 މާރިޗު 2016