ދިވެހިރާއްޖެ
އިޢުލާން
މިޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓްތަކުގެ ބޭނުމަށް ތިރީގައި މިދަންނަވާ އަދަދަށް މިޑިޕާޓްމަންޓުން ދޭ މަޢުލޫމާތާ އެއްގޮތަށް ދިވެހިރާއްޖޭގެ ޤައުމީދިދައާއި، ޖުޑިޝަރީދިދަ ފަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ނަންބަރު |
ބޭނުންވާ އަދަދު |
ތަފުސީލު |
ފުޅާމިނާއި ދިގުމިން |
1 |
500 |
ޤައުމީދިދަ |
135cm x 90cm |
2 |
500 |
ޝަރުޢީދާއިރާގެ ދިދަ |
135cm x 90cm |
މިކަމާބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006213 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރިޗު 2016 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޖުމާދަލްއާޚިރާ 1437