ތަމްރީނު
ނަންބަރު: MNU-CA-RG/2016/84
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 26 މޭ 2016 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖަހިފައިވާ ކޯސްތައް

އިޢުލާން

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 3 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 9:00 އިން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 26 މޭ 2016 ވާ ބުރާސްފަތި ދުވަހެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ތަޢުލީމީ ދާއިރާގެ ކޯސްތައް ހިންގާ ފެކަލްޓީ

1. އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން

Advanced Certificate in Education

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ފުލްޓައިމް، (60 ޖާގަ)، ލ.ގަން - ޕާޓްޓައިމް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުގައި ހިންގާ ޑިގްރީ ކޯސްތަކަށް ވަނުމަށް ބޭނުންވާ ތަޢުލީމު ކުދިންނަށް ދިނުމަށްޓަކައި ހިންގާ އެއް އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ފެކަލްޓީން ހިންގާ ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް)، ޕްރައިމަރީ، ސްޕެޝަލް އެޑިޔުކޭޝަން އަދި ބެޗްލަރ އޮފް އެޑިޔުކޭޝަން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން (އޮނަރސް) – މި ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ- އުމުރުން 18 އަހަރުވުމާއެކު ގްރޭޑް 7 ފުރިހަމަކޮށްފައިވުން އަދި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް)

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 130 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ފުލްޓައިމް  (30 ޖާގަ)، ހދ.ކުޅުދުއްފުށި - ފުލްޓައިމް (40 ޖާގަ)، ލ.ގަން، ބްލޮކް މޯޑު(30 ޖާގަ)، ގދ.ތިނަދޫ - ޕާޓްޓައިމް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރައިގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަނުގެ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.                                                                             

ރ. ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން.

3. ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީ ޗައިލްޑް ހުޑް) - އޮނަރސް

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 60 (ޖުމްލަ)     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށި-  ފުލްޓައިމް، (30 ޖާގަ)، ސ.ހިތަދޫ - ފުލްޓައިމް/ބްލޮކް މޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރައިގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަނުގެ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން.

4. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ – 2 އަހަރު (4 ސެމިސްޓަރ)

ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ – 3 އަހަރު (6 ސެމިސްޓަރ)

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ - 4 އަހަރު (8 ސެމިސްޓަރ)

 ޖާގަ: 30 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ (30 ޖާގަ)،

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

* ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

5. އެޑްވާންސްޑް ޑިޕްލޮމާ އިންޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން): 2 އަހަރު (4 ސެމިސްޓަރ)

      ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން):3 އަހަރު (6 ސެމިސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން): 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް  (30) ޖާގަ

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމީ ހަރުފަތުގައި ދިވެއްސާއި އިސްލާމާއި ޤުރްއާންގެ ތެރެއިން 2 މާއްދާއެއް ކިޔަވައިދޭން ޚާއްޞަވާ މުދައްރިސުން ތަމްރީނު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު ސްކޫލެއްގައި ތަޖުރިބާ ލިބިފައިވުން. ނުވަތަ

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

6. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ގދ. ތިނަދޫ، ޕާޓްޓައިމް  (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭނެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރި ކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

7. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް (30) ޖާގަ

ތަޢާރުފު:

މި ކޯހަކީ ސާނަވީ ފެންވަރުގައި އިނގިރޭސި ކިޔަވައިދޭން ބެޗްލަރ ޑިގްރީ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސް ކަމަށް އަހުލުވެރި ކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮސްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތައުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާ ތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ  އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލް ކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ؛

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

8. ބެޗްލަރ އޮފް އަރޓްސް ޓީޗިންގ އިންގްލިޝް އެސް އަ ފޮރިން ލެންގްއޭޖް 

މުއްދަތު: 03 އަހަރު (6 ސެމިސްޓަރ)

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަސް:ކ. މާލެ (30 ޖާގަ)، ސ. ހިތަދޫ (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ސާނަވީ ފެންވަރުގައި އިނގިރޭސިބަސް ކިޔަވައިދޭން ޑިގްރީ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސް ކަމަށް އަހުލުވެރި ކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮސްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތައުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާ ތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމައުގައި ގަދަރުވެރި މަގާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ. އަދި މިކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ ތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސް ވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ  އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލް ކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މާލޭގައި ކިޔަވަން ގަސްދުކުރާ ފަރާތްތައް ކިޔަވަން ގަސްދުކުރާގޮތެއް އެޕްލިކޭޝަން ފޯމުގައި ބަޔާން ކުރަންވާނެއެވެ.

9. ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ – ފުލްޓައިމް (ހަވީރު ދަންފަޅި)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭން ބެޗްލަރ ޑިގްރީ ފެންވަރުގެ ހިސާބު މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ހިސާބު ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ރ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

10. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ

ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް)

މުއްދަތު:  ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ: 3 އަހަރު (6 ސެމިސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް): 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 180 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ފުލްޓައިމް،

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް

އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް (15)        އެކައުންޓިންގ އާއި މެތަމެޓިކްސް  (10) 

އެކައުންޓިންގ އާއި އިކޮނޮމިކްސް  (10)          ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް  (15)

މެތަމެޓިކްސް އާއި އިކޮނޮމިކްސް  (10)           ކެމިސްޓްރީ އާއި ފިޒިކްސް  (15)              

މެތަމެޓިކްސް އާއި ކެމިސްޓްރީ  (10)             މެތަމެޓިކްސް އާއި ފިޒިކްސް  (15)

ބައޮލޮޖީ އާއި ކެމިސްޓްރީ  (15)                ބައޮލޮޖީ އާއި މެރިން ބައޮލޮޖީ  (10)

ކެމިސްޓްރީ އާއި މެރިން ބައޮލޮޖީ  (15)           މެތަމެޓިކްސް އާއި ބައޮލޮޖީ  (10)

މެތަމެޓިކްސް އާއި މެރިން ބައޮލޮޖީ  (10)          ބައޮލޮޖީ އާއި ފިޒިކްސް  (10) 

މެތަމެޓިކްސް އާއި ބިޒްނަސް (10)

ތަޢާރުފު:

މި ކޯސްތަކަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯސްތަކެކެވެ. މިކޯސްތަކުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ޚާއްޞަވާން އެދޭ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5  ގެ ސަނަދެއް އޮތުމާއެކު ދެވަނަ މާއްދާއިން ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފާހެއް އޮތުން ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ރ. ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

ޞިއްޙީ ދާއިރާގެ ކޯސްތައް ހިންގާ ފެކަލްޓީ

11. އެޑްވާންސްޑް ސެޓްފިކެޓް އިން ސޯޝަލް ސަރވިސަސް ވާރކް   

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)       

ޖާގަ: 20

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ - ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެފައިވަނީ ދަރިވަރުންނަށް އިޖްތިމާޢީ ކަންތައްތަކާ އަދި އެކި ކަހަލަ ޚިދުމަތްތަކުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ލިއްބައިދިނުމަށެވެ. އެކި މީހުންނަށް އަމިއްލަ ދިރިއުޅުމުގައި ދިމާވާ ހިތްދަތި އަދި އެހެނިހެން މުޞީބާތްތަކާއި ކުރިމަތިލުމަށް އެހީތެރިވެދިނުމަކީ މިކޯހުގެ މަޤްޞަދެކެވެ. ޢާއިލާތަކާއި ޖަމާޢަތުގައި ދިމާވެދާނެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދަރިވަރުންނަށް އުނގަންނައިދެވެއެވެ. ރާއްޖެ ފަދަ، އާބާދީ އަވަހަށް އިތުރު ވަމުންދާ ޤައުމެއްގައި މިފަދަ ކޯހެއް ހެދުމަށް ފަހު އަދާކުރެވިދާނެ އެތައް ވަޒީފާ ތަކެއް ވެއެވެ.                

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

1- ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން "ޑީ" ފާސް ހޯދާފައިވުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

  ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

އަދި

2-  ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން.

ނޯޓް: މިކޯހަށް ކުރިމަތިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

12. އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)       

ޖާގަ: 25 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ލ.ގަން - ފުލްޓައިމް

ތަޢާރުފު:

އެންރޯލްޑް ނަރުހުންނަށް ވުމުގެ ފުރުޞަތު ކޯހުގެ ބައިވެރިންނަށް ފަހިކޮށްދެވޭ މިކޯސް ފަރުމާ ކުރެވިފައިވަނީ ކޯސް ފުރިހަމަ ކުރުމަށްފަހު ނަރުސް ކަމުގެ ޚިދުމަތް، ރެޖިސްޓަރޑް ނަރުހުންގެ ބެލުމުގެ ދަށުން ދެވޭނެ ފެންވަރަށް ކޯހުގެ ބައިވެރިން ތައްޔާރު ކުރުން އަމާޒަކަށް ބަލައިގެންނެވެ. މިކޯހުގައި ތިޔަރީގެ އިތުރުން ޕްރެކްޓިކަލް ބައި ދަސްކޮށްދެވޭނެއެވެ. ކްލާހުގައި ޕްރެކްޓިކަލްބައި ދަސްކުރުމަށްފަހު ޢަމަލީ ތަޖުރިބާ ހޯދުމަށް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ކޯހުގެ ބައިވެރިންނަށް ހޯދައިދެވޭނެއެވެ. ނަރުސ ކަމަކީ މުޖްތަމަޢުގައި ގަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން (އެސް.އެސް.ސީ މާއްދާ ތައް ނުހިމަނައި) ފާސްވެފައިވުން.

13. އެޑްވާންސްޑް ސެޓްފިކެޓް އިން ޕްރައިމަރީ ހެލްތް ކެއަރ   

މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)

ޖާގަ: 45 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ - ފުލްޓައިމް (15 ޖާގަ)، ހދ.ކުޅުދުއްފުށި - ފުލްޓައިމް (15 ޖާގަ)، ގދ. ތިނަދޫ – ފުލްޓައިމް (15 ޖާގަ)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރިވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދްމަތްތައް އުނގަންނައިދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް، މާލެއާއި އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ށ. ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ؛

ރ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވަލް 1 ގެ ބައޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

14. އެޑްވާންސްޑް ސެޓްފިކެޓް އިން ފާރމަސީ

Advanced Certificate in Nursing     

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ) 

ޖާގަ: 50

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ - ފުލްޓައިމް

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރު ކޮށްދިނުމަށް ތަމްރީނު ކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކިއެކި ބަލިތަކާބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށްފަހު މާލެއާއި އަތޮޅުތެރޭގެ ބޭސް ފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ؛

ށ. ޔުނިވަރސިޓީން ހިންގާ ސެޓްފިކެޓް 3 އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން.

15. އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިންގ     

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 35 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ - ފުލްޓައިމް  (20 ޖާގަ)، ލ. ގަން – ފުލްޓައިމް (15 ޖާގަ)

ތަޢާރުފު:

މިކޯހުގައި ކައުންސެލިންގގެ ހުނަރުތަކާއި ކައުންސެލިންގ ދޭނެގޮތާއި، މި ދާއިރާއިން ހޯދިފައިވާ ހޯދުންތައް ބައިވެރިންނަށް އުނގަންނައިދެވެއެވެ. ކައުންސެލިންގ އަކީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ، ނަމަވެސް މަންފާ ބޮޑު މަސައްކަތެކެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އަދާކުރެވިދާނެ ވަޒީފާތަކުގެ ތެރޭގައި ޑްރަގް އެޑިކްޓުންނަށް އެކަމުން ސަލާމަތްވުމަށް އެހީވުމާއި، ސްކޫލްތަކުގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުމާއި، ޞިއްޙީ ދާއިރާގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަމިއްލަ ފަރާތްތަކުން ވެސް މި ރޮނގުން ކިޔަވައިގެން ތިބި ފަރާތްތަކަށް ވަޒީފާ ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. އަދި

ށ. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން. އަދި

ނ. ޕާރސަނަލް ސްޓޭޓްމަންޓް (މިދާއިރާއިން ކުރެވިފައިވާ ތަޖުރިބާއާއި މިކަމަށް ހުންނަ ޝައުޤު ފަދަ ކަންކަން ބަޔާންކުރާ ޝަހުޞީ ބަޔާން) އަކާއި، ކޯހަށް ކުރިމަތިލާ ފަރާތާބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް (ތަޖުރިބާއާއި ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާންކޮށްދޭ) ސިޓީ ހުށަހެޅުން.

16. ޑިޕްލޮމާ އިން ނާރސިންގ   

މުއްދަތު: 2.5 އަހަރު (5 ސެމިސްޓަރ)

ޖާގަ:  60 (ޖުމްލަ)                  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ - ފުލްޓައިމް 60 ޖާގަ، (ޝަރުޠު ހ،ށ، އާއި ނ އިން ހޮވޭ ފަރާތްތަކަށް 40 ޖާގަ) (ޝަރުތު ރ އިން ހޮވޭ ފަރާތްތަކަށް 20 ޖާގަ)

ތަޢާރުފު:

ސްޓާފް ނަރުސް ގްރޭޑް 1އަށް ވުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވާލަދޭ މި ކޯސް ފަރުމާ ކުރެވިފައިވަނީ ނަރުސްކަމުގެ ޚިދުމަތް ހޮސްޕިޓަލުތަކާއި ކުލިނިކުތަކާއި އެހެނިހެން ޞިއްޙީ ފަރުވާދޭ ތަންތަނުގައި އެކަށޭނަގޮތަކަށް ފޯރުކޮށްދެވޭނެ ޤާބިލު ނަރުހުން ތައްޔާރު ކުރުމަށެވެ. މިކޯހުގައި ބަލިމީހުންނަށް ޚިދްމަތް ފޯރުކޮށްދިނުމާއި ވޯޑު ބެލެހެއްޓުމުގެ ހުނަރުތައްވެސް ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މިކޯހުގެ ބައިވެރިންނަށް ޢަމަލީ ތަމްރީނު ދިވެހިރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުން ވެސް ދެވެއެވެ. ޑިގްރީ ނެގޭނެ މަގު ކޮށިފައިވެއެވެ. ނަރުސްކަމަކީ މުޖްތަމަޢުގައި ޤަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. ޢާއިލާއަށް ވަރަށް ފައިދާ ކުރާނެ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލްގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ނަރުސްކަމުގެ ޑިޕްލޮމާ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީސް ލެވެލް 1 ން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާ ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ނަރުސްކަމުގެ ދާއިރާއިން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

17. ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ     

މުއްދަތު: 2.5 އަހަރު (5 ސެމިސްޓަރ)

ޖާގަ: 55 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (25)،  ހދ. ކުޅުދުއްފުށި، ފުލްޓައިމް (15)، ގދ. ތިނަދޫ، ފުލްޓައިމް (15)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރިވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދްމަތްތައް އުނގަންނައިދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދްމަތް ދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދި މިކޯހުގައި ދަރިވަރުންނަށް ޢަމަލީ ތަމްރީނު، ރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުންވެސް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ރ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ގެ ބައޮލޮޖީ އާއި ކެމިސްޓްރީ / ފިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ނ ގައިވާ ޝަރުޠުން މިކޯހަށް ހޮވޭ ފަރާތްތަކަށް އެޑްވާންސްޑް ސެޓްފިކެޓްގައި ފުރިހަމަކޮށްފައިވާ މާއްދާތަކުގެ ތެރެއިން މަތީ ފުރުޞަތު ދެވެންހުރި މާއްދާތަކަށް ޔުނިވަރސިޓީގެ "ރިކޮގްނިޝަން އޮފް ޕްރައަރ ލާރނިންގ އެންޑް ޓްރާންސްފަރ އޮފް ކްރެޑިޓް" ޕޮލިސީގެ ދަށުން މަތީ ފުރުޞަތު ދެވޭނެއެވެ.

18. ޑިޕްލޮމާ އިން ފާރމަސީ    

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ) 

ޖާގަ:  50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (25ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (25 ޖާގަ)

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރުކޮށްދިނުމަށް ތަމްރީނު ކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކިއެކި ބަލިތަކާބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށްފަހު މާލެއާއި އަތޮޅުތެރޭގެ ބޭސްފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އެޑްވާންސްޑް ސެޓްފިކެޓް އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

19. ޑިޕްލޮމާ އިން ކައުންސެލިންގ     

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ) 

ޖާގަ:  25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގައި ކައުންސެލިންގގެ ހުނަރުތަކާއި ކައުންސެލިންގ ދޭނެގޮތާއި، މި ދާއިރާއިން ހޯދިފައިވާ ހޯދުންތައް ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި 100 ގަޑިއިރުގެ ޢަމަލީ ތަމްރީނު ކައުންސެލިންގ ދޭ މަރުކަޒެއްގައި ކޯހުގެ ބައިވެރިންނަށް ދެވެއެވެ. ކައުންސެލިންގ އަކީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ، ނަމަވެސް މަންފާ ބޮޑު މަސައްކަތެކެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އަދާކުރެވިދާނެ ވަޒީފާތަކުގެ ތެރޭގައި ޑްރަގް އެޑިކްޓުންނަށް އެކަމުން ސަލާމަތްވުމަށް އެހީވުމާއި، ސުކޫލްތަކުގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުމާއި، ޞިއްޙީ ދާއިރާގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަމިއްލަ ފަރާތްތަކުން ވެސް މި ރޮނގުން ކިޔަވައިގެން ތިބި ފަރާތްތަކަށް ވަޒީފާ ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

1. ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހޯދާފައިވުން.

އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން.

އަދި

3. ކޯހަށް ކުރިމަތިލާ ފަރާތާބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް (ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާން ކޮށްދޭ) ސިޓީ ހުށަހެޅުން.

4. ޕޮލިސް ކްލިއަރެންސް ރިޕޯޓެއް ހުށަހެޅުން.

ނޯޓް: ޘާނަވީ ތަޢުލީމު ނުވަތަ އެއަށްވުރެ މަތީ ސަނަދަކަށް ކިޔަވާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ، އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

20. ޑިޕްލޮމާ އިން މެޑިކަލް ލެބޯރަޓަރީ ޓެކްނޮލޮޖީ     

މުއްދަތު: 2 އަހަރު (04 ސެމިސްޓަރ)

ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މުހިންމު 5 ބަޔަކަށް އެކުލަވާލެވިފައިވާ މި ކޯހުގައި ހިމެނެނީ ފިޒިކަލް، ބަޔޮލޮޖިކަލް، އަދި ކެމިކަލް ވަސީލަތްތައް ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގެ ދިޔަތަކާއި މަސްތަކާއި ޓިޝޫތައް ތަހުލީލުކޮށް އެކިއެކި ބަލިތަކުގެ އަސްލު ދެނެގަތުމުގެ ޢިލްމެވެ. މި ކޯސް ފުރިހަމަ ކުރުމުން ކޯހުގެ ބައިވެރިންނަށް ޞިއްޙީ ދާއިރާގެ ލެބޯޓަރީތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.   

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ށ. ޑިޕްލޮމާ އިން މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖީ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީސް ލެވެލް 1 އިން ފާސްވެފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.

21. އެޑްވާންސްޑް ޑިޕްލޮމާ އިން ކްރިޓިކަލް ކެއަރ ނާރސިންގ    

މުއްދަތު: 6.5  ސެމިސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް މި ކޯސް 1 އަހަރު ދުވަހުގެ ޕާޓްޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސްއާއެކު ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 10                   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ޕާޓްޓައިމް  

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ މި ދާއިރާގެ ޚާއްޞަ ހުނަރުތަކާއި ތަޢުލީމު ލިބިތިބެ ބަލިމީހުންގެ ބޭނުންތަކާއި އިޙްސާސްތައް ދެނެގެން ޚިދުމަތްދިނުން އަމާޒަކަށް ބަލައިގެންނެވެ. ކޯހުގެ ތެރޭގައި, ޚިދްމަތް ބޭނުންވާ މީހުންނަށް އަޅާލުންތެރިކަމާއެކު ޚިދުމަތް ދިނުމަށާއި މަސައްކަތުގެ މާހަޢުލަކީ އެންމެން ބައިވެރިވެގެން މަސައްކަތް ކުރާ ތަނަކަށް ހެދުމަށް ބާރު އެޅޭނެއެވެ. މި ކޯހުގެ ތެރޭގައި ހިމެނެނީ އިމަރޖެންސީގައި ގެންނަ މީހުންނާއި ޙާލު ބޮޑު ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް ބޭނުންވާ ނާރސިންގް ކެޔަރ ދިނުމުގެ ހުނަރުތަކާއި މަޢުލޫމާތެވެ. މީގެ އިތުރުން، ޞިއްޙީ ޚިދުމަތްދޭ އެހެން ފަންނުވެރިންނާ ގުޅިގެން ވިސްނުންތެރިކަމާއެކީ މުހިންމު ނިންމުންތައް ނިންމާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދިކޯހުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި މި ޚާއްޞަ ފަންނީ ރޮނގުން ތަމްރީނުވާ ނަރުހުންނަކީ މިރޮނގުން ދާއިމީ ކުރިއެރުމަށް މަސައްކަތްކުރާނެ ބަޔަކަށް ވުމަށް ބާރުއެޅެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުމާއެކު ކްލިނިކަލް ނަރސިންގގެ ދާއިރާގައި މަސައްކަތް ކުރުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިތުރު ދޮޅު ސެމިސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމްލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަންޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމިސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. ޕާޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރުދުވަހުގެ ޕާޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމިސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

22. އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ     

މުއްދަތު: 6.5  ސެމިސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމިސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ. އަދި ޕާޓްޓައިމްކޮށް 1.5 އަހަރުގެ ތެރޭ ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ޕާޓްޓައިމް (10 ޖާގަ)، ކ. މާލެ، ފުލް-ޓައިމް (10 ޖާގަ)

ތަޢާރުފު:

ފޫޅުމާކަމުގެ ތަމްރީނާއި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭ މިކޯހުގައި، މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައާއި އެއަށްފަހުއާއި، މާބަނޑު އަންހެނުންނާއި އެ މީހުންގެ ޢާއިލާތަކަށް އެހީ ފޯރުކޮށް ދިނުމަށް ދަރިވަރުންނަށް ދަސްކޮށް ދެވެއެވެ. މި ކޯސް ނިންމުމަށްފަހު އަންހެނުން ވިއްސުމުގެ މަސައްކަތް ހޮސްޕިޓާތަކާއި ކުލިނިކުތަކާއި ހެލްތު ޕޯސްޓުތަކުގައި ކުރުމުގެ ދޮރު މި ދަސްވެނިންނަށް ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުން.

ނޯޓް:މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށްފަހު އިތުރު ދޮޅު ސެމިސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލު ކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމްލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަން ޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމިސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. މިކޯސް ފުލްޓައިމާއި ޕާޓްޓައިމްކޮށް މިބުރުގައި ހިންގޭނެއެވެ. ޕާޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރު ދުވަހުގެ ޕާޓްޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމިސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

23. ބެޗްލަރ އޮފް ނާރސިންގ     

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ:  60 (ޖުމްލަ)                  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ – ފުލްޓައިމް (20 ޖާގަ، ޝަރުޠު ހ. އިން ހޮވޭ ފަރާތްތަކަށް)، ކ.މާލެ، ފުލްޓައިމް (20 ޖާގަ، ޝަރުޠު ށ. އިން ހޮވޭ ފަރާތްތަކަށް)، ކ.މާލެ، ޕާޓްޓައިމް (20 ޖާގަ، ޝަރުޠު ށ. އިން ހޮވޭ ފަރާތްތަކަށް)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ޑިގްރީ ފެންވަރުގެ ނަރުހުން ތަމްރީނު ކުރުމުގެ މަޤްޞަދުގައެވެ. މި ކޯހުގެ ސަބަބުން ރެޖިސްޓަރޑް ނަރުހުންނަށް، ރާއްޖޭގައި ތިބެގެން ވަޒީފާގެ ހަރުގަނޑުގެ މަތީ ހަރުތަކަކަށް އެރުމުގެ ދޮރު ހުޅުވިގެންދެއެވެ. އަދި މިކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައާއި ކުލިނިކުތަކުގައި ސްޓާފް ނަރުހުންގެ މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. ނަރުސްކަމަކީ މުޖުތަމަޢުގައި ޤަދަރުހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ސައިންސް 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ފިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. ޑިޕްލޮމާ އިން ނާރސިންގ ފުރިހަމަ ކޮށްފައިވުމާއި މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރެޖިސްޓަރޑް ނަރުހެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވުމާއި ނަރުސްކަން ކުރުމުގެ ލައިސަންސް ލިބިފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ IELTS އިން ދަށްވެގެން 6.0 ހޯދާފައިވުން ނުވަތަ އެހެން ބައިނަލްއަޤްވާމީ އިނގިރޭސި އިމްތިޙާނަކުން މިފެންވަރު ހޯދާފައިވުން.

ނޯޓް: ށ. ގައިވާ ނަރސިންގ ކައުންސިލުގެ ރެޖިސްޓްރޭޝަން ޝަރުޠުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިޕްލޮމާ އިން ނަރސިންގ ފުރިހަމަކޮށްފައިވާ ފަރާތްތައް އިސްތިސްނާ ވާނެއެވެ.

24. ބެޗްލަރ އޮފް ޕްރައިމަރީ ހެލްތް ކެއަރ     

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)  

ޖާގަ: 45 (ޖުމްލަ)  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (30)، ގދ. ތިނަދޫ، ފުލްޓައިމް (15)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ބަލިން ރައްކާތެރި ވުމަށާއި، ބަލިވުމުން ބޭސް ދިނުމާބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދުމަތްތައް އުނގަންނައިދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދި މިކޯހުގައި ދަރިވަރުންނަށް ޢަމަލީ ތަމްރީނު، ރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުންވެސް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓުތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ގެ ބައޮލޮޖީ އާއި ކެމިސްޓްރީ/ފިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ށ ގައިވާ ޝަރުޠުން މިކޯހަށް ހޮވޭ ފަރާތްތަކަށް އެޑްވާންސްޑް ސެޓްފިކެޓްގައި ފުރިހަމަކޮށްފައިވާ މާއްދާތަކުގެ ތެރެއިން މަތީ ފުރުޞަތު ދެވެންހުރި މާއްދާތަކަށް ޔުނިވަރސިޓީގެ 'ރިކޮގްނިޝަން އޮފް ޕްރައަރ ލާރނިންގ އެންޑް ޓްރާންސްފަރ އޮފް ކްރެޑިޓް' ޕޮލިސީގެ ދަށުން މަތީ ފުރުޞަތު ދެވޭނެއެވެ.

25. ބެޗްލަރ އޮފް މެޑިކަލް ލެބޯރެޓަރީ ސައިންސް     

މުއްދަތު: 4 އަހަރު (8 ސެމިސްޓަރ)

ޖާގަ: 40 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ފުލްޓައިމް (20 ޖާގަ، ޝަރުޠު ހ. އިން ހޮވޭ ފަރާތްތަކަށް)، ކ. މާލެ، ފުލްޓައިމް (20 ޖާގަ، ޝަރުޠު ށ. އިން ހޮވޭ ފަރާތްތަކަށް)

ތަޢާރުފު:

މުހިންމު 5 ބަޔަކަށް އެކުލަވާލެވިފައިވާ މި ކޯހުގައި ހިމެނެނީ ފިޒިކަލް، ބަޔޮލޮޖިކަލް، އަދި ކެމިކަލް ވަސީލަތްތައް ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގެ ދިޔަތަކާއި މަސްތަކާއި ޓިޝޫތައް ތަހުލީލުކޮށް އެކިއެކި ބަލިތަކުގެ އަސްލު ދެނެގަތުމުގެ އިލްމެވެ. މި ކޯސް ފުރިހަމަ ކުރުމުން ކޯހުގެ ބައިވެރިންނަށް ޞިއްޙީ ދާއިރާގެ ލެބޯޓަރީތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.  

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން  އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ

ށ. މެޑިކަލް ލެބޯރެޓަރީ ސައިންސްގެ ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 04 އެއް ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

26. މާސްޓާސް އިން ޕަބްލިކް ހެލްތު

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)

ޖާގަ: 15 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ،

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހެލްތް ދާއިރާއިން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ހެލްތް ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ށ. ޕަބްލިކް ހެލްތުގެ ދާއިރާއިން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ޕަބްލިކް ހެލްތުގެ ދާއިރާއިން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ހ. ގައި ބަޔާން ކޮށްފައިވާ ކޯސް ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ IELTS އިމްތިޙާނުން ދަށްވެގެން 6.5 ހޯދާފައި އޮންނަންވާނެއެވެ.

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

(އިދާރީ ހިންގުމާއި ވިޔަފާރިއާ ގުޅުންހުރި ކޯސްތައް ހިންގާ ފެކަލްޓީ)

Master of Education

ހިންގުމުގެ ދާއިރާގެ ކޯސްތައް

27. އެޑްވާންސްޑް ސެޓްފިކެޓް އިން މެނެޖްމަންޓް    

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)       

ޖާގަ: 25 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ހިންގާނެގޮތް: ސ. ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ހިންގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށާއި ހިންގުމުގެ ހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުން ކުރެވޭނެ ގޮތްތައް އުނގަންނައިދިނުމަށެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އޮފީސްތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވަލްގެ 2 މާއްދާ ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.އީ އިމްތިޙާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ؛

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. ގްރޭޑް 10 ނިންމާފައިވުމާއި 18 އަހަރު ފުރިފައިވުމާއި 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. ގްރޭޑް 7 ނިންމާފައިވުމާއި 20 އަހަރު ފުރިފައިވުމާއި 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

28. ޑިޕްލޮމާ އިން ބިޒްނަސް  (1 އަހަރު)  

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)       

ޖާގަ: 25 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ސ.ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

29. ޑިޕްލޮމާ އިން ބިޒްނަސް (2 އަހަރު)   

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (40 ޖާގަ)، ހދ. ކުޅުދުއްފުށި، ހަވީރު ދަންފަޅި (25 ޖާގަ)، ގދ.ތިނަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާ މެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުންކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވަލްގެ 2 މާއްދާ ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.އީ އިމްތިޙާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ؛

ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. ގްރޭޑް 10 ނިންމާފައިވުމާއި 18 އަހަރު ފުރިފައިވުމާއި 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. ގްރޭޑް 7 ނިންމާފައިވުމާއި 20 އަހަރު ފުރިފައިވުމާއި 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

30. ބެޗްލަރ އޮފް ބިޒްނަސް (ބިޒްނަސް ސްކޫލުން ޑިޕްލޮމާ އިން ބިޒްނަސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް)

މުއްދަތު: 2  އަހަރު (4 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ. (ހަވީރު ދަންފަޅި)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ހިންގާ ޑިޕްލޮމާ އިން ބިޒްނަސް ކޯސް ފުރިހަމަ ކޮށްފައިވުން.

31. ބެޗްލަރ އޮފް މާކެޓިންގ (ބިޒްނަސް ސްކޫލުން ހިންގާ ޑިޕްލޮމާ އިން ބިޒްނަސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް)

މުއްދަތު: 2  އަހަރު (4 ސެމިސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ މާރކެޓިންގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ހިންގޭ ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެންގޮސް ބޮޑެތި ވިޔަފާރިތަކުގެ މާކެޓިން ޙަރަކާތްތައް ރާވައި ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ. މިއީ ވަޒީފާގެ ފުރުޞަތު ބޮޑު މުސާރަތައް ރަނގަޅު ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އެމްއެންޔޫ ބިޒްނަސް ސްކޫލުން ހިންގާ ޑިޕްލޮމާ އިން ބިޒްނަސް ކޯސް ފުރިހަމަ ކޮށްފައިވުން.

32. ބެޗްލަރ އޮފް މާކެޓިންގ

މުއްދަތު: 3  އަހަރު (6 ސެމިސްޓަރ)

ޖާގަ: 35

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ މާރކެޓިންގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ހިންގޭ ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެންގޮސް ބޮޑެތި ވިޔަފާރިތަކުގެ މާކެޓިން ޙަރަކާތްތައް ރާވައި ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ. މިއީ ވަޒީފާގެ ފުރުޞަތު ބޮޑު މުސާރަތައް ރަނގަޅު ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ގެ އެއް މާއްދާ ހިމެނޭގޮތަށް އޭލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

ރ. ޖީ.ސީ.އީ. އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއި އުމުރުން 20 އަހަރު ފުރިހަމަވުމާއި 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. ޖީ.ސީ.އީ އޯލެވެލުން މަދުވެގެން 1 މާއްދާއިން ފާސްވެފައިވުމާއި، ގްރޭޑް 10 ނިންމާފައިވުމާއި އުމުރުން 24 އަހަރު ފުރިފައިވުމާއި، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

33. ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނެޖްމަންޓް

މުއްދަތު: 3  އަހަރު (6 ސެމިސްޓަރ)

ޖާގަ: 35     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މުވައްޒަފުން ބެލެހެއްޓުމުގެ ހުރިހާ ހުނަރެއް ޑިގްރީ ފެންވަރަށް ކިޔަވައިދޭ މިކޯހަކީ މިހާރު ތިބި ފަރާތްތަކަށާއި އަލަށް ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން މިދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިފައިވާ ކޯހެކެވެ. ވަޒީފާއާބެހޭ ޤާނޫނު އުފެދުނު ފަހުން އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުން ބެލެހެއްޓުމުގެ މަތީ ފެންވަރުގެ ޢިލްމާއި ފަންނު ހުރި ފަރާތްތައް މުވައްޒަފުން ބެލެހެއްޓުމުގެ ވަޒީފާއަށް ގެނައުމަށް ޚާއްޞަ ސަމާލުކަމެއްދޭކަމުން އެއީ މިކޯސް ނިންމާ ފަރާތްތަކަށް ލިބިދޭ ވަޒީފާގެ ޔަޤީންކަމެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ގެ އެއް މާއްދާ ހިމެނޭގޮތަށް އޭލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

ރ. ޖީ.ސީ.އީ. އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއި އުމުރުން 20 އަހަރު ފުރިހަމަވުމާއި 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. ޖީ.ސީ.އީ އޯލެވެލުން މަދުވެގެން 1 މާއްދާއިން ފާސްވެފައިވުމާއި، ގްރޭޑް 10 ނިންމާފައިވުމާއި އުމުރުން 24 އަހަރު ފުރިފައިވުމާއި، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

34. މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން

މުއްދަތު: 1.5  އަހަރު (3 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،

ށ. ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 8 ގެ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން، ނުވަތަ؛

ނ. އުމުރުން 25 އަހަރުވެފައިވުމާއެކު އެމް.އެން.ކިއު.އެފް ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ވިޔަފާރިއާއި ހިންގުމުގެ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ރ. އުމުރުން 25 އަހަރުވެފައިވުމާއެކު އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ވިޔަފާރިއާއި ހިންގުމުގެ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ބ. އުމުރުން 25 އަހަރުވެފައިވުމާއެކު އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ވިޔަފާރިއާއި ހިންގުމުގެ 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިނގިރޭސިބަހުގެ ފެންވަރު

ފުރަތަމަ ޑިގްރީ އިނގިރޭސިބަހުން ހާސިލުކޮށްފައި ނުވާނަމަ ޖީސީ.އީ އޯލެވެލް / އައި.ޖީ.އެސް.ސީ.އީ އިނގިރޭސިން ދަށްވެގެން C ގްރޭޑް ލިބިފައިވުން ނުވަތަ IELTS އިން 6.0 ހާސިލުކޮށްފައިވުން.

އެކައުންޓިންގ ދާއިރާގެ ކޯސްތައް

35. އޭ.އޭ.ޓީ ސެޓްފިކެޓް އިން އެކައުންޓިންގ (ލެވެލް 2)

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)

ޖާގަ: ޖުމްލަ 35 ޖާގަ

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، (ހެނދުނު ދަންފަޅި)

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރުތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޒަރީޢާއިން ބައިވެރިންނަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާއަކީ މާލެއާއި އަތޮޅުތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ

ށ. އެކައުންޓިންގ ދާއިރާގެ ވަޒީފާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން އަދި އުމުރުން 18 އަހަރު ވެފައިވުން.

36. އޭ.ސީ.ސީ.އޭ ސްކިލްސް ލެވެލް

ޖާގަ: ޖުމްލަ 30 ޖާގަ

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރުދަންފަޅި

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އޭ.ސީ.ސީ.އޭ ގައި ރަޖިސްޓަރީ ވެފައިވުން.

ނޯޓް: މިކޯހުގައި ދަރިވަރުން ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ. އޭ.ސީ.ސީ.އޭ ގައި ދަރިވަރުން ރަޖިސްޓަރީވުމާއި އިމްތިޙާނުގައި ބައިވެރިވުމަކީ ދަރިވަރުންގެ އަމިއްލަ މަސްއޫލިއްޔަތެކެވެ.

37. އޭ.އޭ.ޓީ ޑިޕްލޮމާ އިން އެކައުންޓިންގ (ލެވެލް 3)

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ) ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރުތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޒަރީޢާއިން ބައިވެރިންނަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާއަކީ މާލެއާއި އަތޮޅުތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އެކައުންޓިންގގެ އިތުރުން އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވަލް/ އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ؛

ށ. އެކައުންޓިންގގެ ދާއިރާގެ ވަޒީފާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން އަދި އުމުރުން 21 އަހަރު ވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާއަކުން ފާސްވެފައިވުން އަދި ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ އިމްތިޙާނަކުން ފާސްވެފައިވުން.

38. ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް

މުއްދަތު: 3  އަހަރު (6 ސެމިސްޓަރ)

ޖާގަ: 70 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ ހެނދުނު ދަންފަޅި (35 ޖާގަ)؛ މެންދުރު ދަންފަޅި (35 ޖާގަ)

ތަޢާރުފު:

އޭލެވެލް ނިންމާ ފަރާތްތަކަށް އެކައުންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ފަރުމާ ކުރެވިފައިވާ މިކޯހުގައި ކިލާހުގެ ކިޔެވުމުގެ އިތުރުން ޢަމަލީ ދާއިރާއިން ދަރިވަރުންނަށް ތަމްރީނުދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފައިނޭންޝަލް މެނޭޖަރުންގެ ގޮތުގައާއި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައާއި އެކައުންޓަންޓުންނާއި މެނޭޖަރުންގެ ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގައި މަސައްކަތުކުރުމުގެ ފުރުޞަތުތައް ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ގެ އެއް މާއްދާ ހިމެނޭގޮތަށް އޭލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ؛

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ؛

ރ. ޖީ.ސީ.އީ. އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއި އުމުރުން 20 އަހަރު ފުރިހަމަވުމާއި 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ބ. ޖީ.ސީ.އީ އޯލެވެލުން މަދުވެގެން 1 މާއްދާއިން ފާސްވެފައިވުމާއި، ގްރޭޑް 10 ނިންމާފައިވުމާއި އުމުރުން 24 އަހަރު ފުރިފައިވުމާއި، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

39. އޭ.ސީ.ސީ.އޭ ނޮލެޖް ލެވެލް

މުއްދަތު: 0.5  އަހަރު

ޖާގަ:ޖުމްލަ 50 ޖާގަ

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރުދަންފަޅި (30 ޖާގަ)، ސ. ހިތަދޫ، ހަވީރު ދަންފަޅި (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

އުމުރުން 18 އަހަރު ފުރިފައިވުމާއެކު ތިރީގައިމިވާ ޝަރުތުތަކުގެ ތެރެއިން ކޮންމެވެސް 1 ޝަރުތެއް ފުރިހަމަވެފައިވުން.

ހ. ޖީ.ސީ.އީ އޭލެވެލް 2 މާއްދާއާއި ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން (އިނގިރޭސި ހިމެނޭގޮތަށް ތަފާތު 5 މާއްދާއިން) ފާސްވެފައިވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން.

ށ. އޭ.އޭ.ޓީ އިންޓަރނޭޝަނަލް އެވޯޑް އިން އެކައުންޓަންސީ ޓްރޭނިންގ ފުރިހަމަކޮށްފައިވުން،

ނ. އެމް.އެން.ކިއު.އެފް އިން ޤަބޫލުކުރާ މަރުކަޒަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން،

ރ. އޭ.ސީ.ސީ.އޭ ގައި ރަޖިސްޓަރީ ވެފައިވުން.

ނޯޓް: މިކޯހުގައި ދަރިވަރުން ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ. އޭ.ސީ.ސީ.އޭ ގައި ދަރިވަރުން ރަޖިސްޓަރީވުމާއި އިމްތިޙާނުގައި ބައިވެރިވުމަކީ ދަރިވަރުންގެ އަމިއްލަ މަސްއޫލިއްޔަތެކެވެ.

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

މެހެމާންދާރީއާއި ފަތުރުވެރިކަމާގުޅޭ ކޯސްތައް ހިންގާ ފެކަލްޓީ

40. ސެޓްފިކެޓް 3 އިން ހައުސްކީޕިންގ   

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ގެސްޓުން ބޭތިއްބުމުގައި ގެންގުޅޭ ރީތި އުސޫލުތަކާއި މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

41. ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރެޖް އޮޕަރޭޝަންސް    

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 20        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުމުގައި ހުރި ރަނގަޅު އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓުތަކުގައި ކެއުން ބުއިމުގެ ޚިދުމަތްދޭ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

42. ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް   

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 120 (ޖުމްލަ)  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (60 ޖާގަ)، ހދ. ކުޅުދުއްފުށި، ފުލްޓައިމް (15 ޖާގަ) ލ. ގަން، ފުލްޓައިމް (15 ޖާގަ)، ގދ. ތިނަދޫ، ފުލްޓައިމް (15 ޖާގަ)، ސ. ހިތަދޫ، ފުލްޓައިމް (15 ޖާގަ)

ތަޢާރުފު:

މި ޕްރޮގްރާމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

43. ސެޓްފިކެޓް 3 އިން ޕެޓިސަރީ     

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި  އެކި ވައްތަރުގެ ޕޭސްޓްރީ ފަދަ ތަކެތި ހަދަން ދަސްކޮށްދެވޭނެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. އަދި މި ތަމްރީނަކީ ރިސޯޓުގެ ދާއިރާގައި ވެސް ބޭނުންތެރި ތަމްރީނެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

44. ސެޓްފިކެޓް 3 އިން ކަލިނަރީ އާރޓްސް    

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި ވިޔަފާރި އުސޫލުން ކެއްކުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދިއުމަށްޓަކައި ވަރަށް މުހިންމު ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

45. ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ހަވީރު ދަންފަޅި - ފުލްޓައިމް

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

46. އެޑްވާންސްޑް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް     

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)  

ޖާގަ: 15

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ މެހެމާންދާރީއާއި ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މަޢުލޫމާތާއި ޢިލްމާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދޭ ކޯހެކެވެ. މި ކޯސް ހެދުމަށްފަހު، މިދާއިރާއިން މަތީ ޑިޕްލޮމާތަކާއި ޑިގްރީތަކަށް ދިއުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

47. ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް    

މުއްދަތު:  2 އަހަރު (4 ސެމިސްޓަރ) 

ޖާގަ: 40                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މައުލޫމާތާއި އިލްމާއި ހުނަރުތައް ދަރިވަރުރުންނަށް އުނގަންނައިދޭ ކޯހެކެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު މިދާއިރާއިން ޑިޕްލޮމާ އާއި ޑިގްރީއަށް ދިއުމުގެ މަގުފަހިވެއެވެ. މިކޯހުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމުކަމާއި، މުޅި ދުނިޔެއަށް ފެތުރިފައިވާ ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިމެނިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.  ނުވަތަ

ނ.ގްރޭޑް 10 ނިންމާފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.  ނުވަތަ

ރ.އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ބއުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

48. ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް     

މުއްދަތު:  2 އަހަރު (4 ސެމިސްޓަރ) 

ޖާގަ: 40                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯހުގައި ހިމެނެނީ ހޮސްޕިޓަލިޓީ ނުވަތަ މެހެމާންދާރީ އަދާކުރުމުގެ ދާއިރާއާބެހޭ މަޢުލޫމާތާއި މެހެމާނުންނަށް ކަމޭހިތުމާއި މެހެމާނުންގެ ޞިއްޙަތާއި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތާއި، މި ދާއިރާގެ ވިޔަފާރި ހިންގާނެ ގޮތާއި އެހެން މީހުންނާއެކު މަސައްކަތް ކުރުމުގެ ހުނަރެވެ. މި ހުނަރުތަކާއެކު ހޮޓާތަކާއި ރިސޯޓް އަދި މި ދާއިރާއާ ގުޅުންހުރި އެފަދަ ތަންތާނގައި މަސައްކަތް ކުރުމަށް ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.  ނުވަތަ

ށ. އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.  ނުވަތަ

ނ. ގްރޭޑް 10 ނިންމާފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.  ނުވަތަ

ރ. އުމުރުން 16 އަހަރު ފުރިހަމަވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ބ. އުމުރުން 18 އަހަރު ފުރިހަމަވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

49. ބެޗްލަރ އޮފް އިންޓަރނޭޝަނަލް ޓޫރިޒަމް މެނެޖްމަންޓް     

މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)

ޖާގަ:20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (ބްލޮކް މޯޑު)

ތަޢާރުފު:

މިކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގެ ފްރަންޓް އޮފީސް ބެލެހެއްޓުމުގެ އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓުތަކާއި ހޮޓާ ފަދަ ތަންތަނުގައި، މިދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން.  ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ނ. ޔުނިވަރސިޓީއިން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކޮށްފައިވުން. ނުވަތަ؛

ބ. އުމުރުން 20 އަހަރު ފުރިހަމަވުމާއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

50. ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނެޖްމަންޓް     

މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް / ބްލޮކް މޯޑް

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން މެހެމާންދާރީ އަދާކުރުމުގެ ދާއިރާގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުޞަތުތައް ތަނަވަސްވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ނ. ޔުނިވަރސިޓީއިން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއެކު އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކޮށްފައިވުން. ނުވަތަ؛

ބ.އުމުރުން 20 އަހަރު ފުރިހަމަވުމާއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

51. މާސްޓަރ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނެޖްމަންޓް     

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)  

ޖާގަ: 15 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް / ބްލޮކް މޯޑް

ތަޢާރުފު:

މި ކޯސް ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކާއި ބެންޗްމާރކް ކޮށްގެން މެހެމާންދާރީއާއި ފަތުރުވެރުކަމުގެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކާއި، މި ދާއިރާއާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްވާނޭ ގޮތަށެވެ. މި ކޯހުގައި ފަތުރުވެރިކަމުގެ ދާއިރާއާބެހޭ ދިރާސާތައް ކުރުމަކީ ވަރަށް މުހިންމު މަޤްޞަދެކެވެ. އަދި މިއީ މިދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ފުރުޞަތެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ގްރެޖުއޭޓް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 8) ހާސިލުކޮށްފައިވުން. ނުވަތަ

ނ. އެޑްވާންސްޑް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 6) ފުރިހަމަކޮށްފައިވުމާއި 4 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ރ. ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 5) ފުރިހަމަކޮށްފައިވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ބ. އެޑްވާންސްޑް ސެޓުފިކެޓް (އެމް.ކިޔު.އޭ ލެވެލް 4) ފުރިހަމަކޮށްފައިވުމާއި 10 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސިފެންވަރު:

ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS 5.5 ލިބިފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިވާ ފަރާތްތައް އިނގިރޭސި ޝަރުޠުން އިސްތިސްނާވާނެއެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ދީނީ ކޯސްތަކާއި ޢަރަބިބަހުގެ ކޯސްތައް ހިންގާ ފެކަލްޓީ

ޢަރަބި ބަހުގެ ކޯސްތައް

52. ސެޓްފިކެޓް 3 އިން އަރަބިކް ލޭންގްވިޖް    

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ:  120 (ޖުމްލަ)     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)؛ ލ.ގަން (30 ޖާގަ)؛ ގދ. ތިނަދޫ (30 ޖާގަ)؛ ސ.ހިތަދޫ (30 ޖާގަ)

ތަޢާރުފު:

މިކޯހަކީ ޢަރަބިބަސް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ތައްޔާރު ކުރެވިފައިވާ ފަށާ ފެންވަރުގެ ބިންގާ ކޯހެކެވެ. މިކޯހުން ޢާންމު އާދައިގެ މުޢާމަލާތްތައް ކުރެވޭ މިންވަރަށް ޢަރަބިބަސް ދަސްވާނެއެވެ. މިކޯސް ފުރިހަމަ ކުރުމުން ޢަރަބިބަހުގެ މަތީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

53. ޑިޕްލޮމާ އިން ޢަރަބިކް ލޭންގްވިޖް     

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)

ޖާގަ: 90 (ޖުމްލަ)              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ (60 ޖާގަ)؛ ސ. ހިތަދޫ (30 ޖގަ)،

ތަޢާރުފު:

މި ކޯހަކީ ޢަރަބިބަސް އުގަންނައިދީ، އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ޢަރަބިބަހަށް އަހުލުވެރިކުރުވައި، މަތީ ލެވެލްތަކުގެ ދިރާސީ ކޯސްތަކުގައި ބައިވެރިވުން ފަހިކޮށްދިނުމަށް ހިންގޭ ކޯހެކެވެ. މިކޯހުން ދަރިވަރުންނަށް މީސްތަކުންނާ މުޢާމަލާތްކުރުމުގައި ޢަރަބިބަހުން ވާހަކަދައްކައި އުޅުމާއި، ޢަރަބިބަހުން ލިޔެފައި ހުންނަ ޢާންމު ފޮތްތަކާއި، ޚާއްޞަކޮށް ދީނީ ޢިލްމުގެ ފޮތްތައް ކިޔައިއުޅެވޭވަރަށް ޢަރަބި އުނގެނެވޭނެއެވެ. އަދި ޢަރަބިބަހުން ކުރިއަށް ދިއުމުގައި އެޅިގެންދާނެ ރަނގަޅު ބިންގަލަކަށް ވާނެއެވެ. މިއީ އެއްވެސް ވަރަކަށް ޢަރަބި ނޭނގޭ ހިސާބުންފެށިގެންގޮސް ޑިގްރީގެ ތުންފަތްމައްޗަށް ދަރިވަރު ވާސިލުކޮށްދެވޭނޭ ވަރަށް ޢަރަބިބަސް އުނގަންނައިދިނުމުގެ މައްޗަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޝަހާދާ ޘާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ރ. ގްރޭޑް 7 ނިންމާފައިވުމާއެކު 18 އަހަރު ފުރި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އިސްލާމިކް ސްޓަޑީޒްގެ ކޯސްތައް

54. އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް     

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)  

ޖާގަ:  60 (ޖުމްލަ)        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)؛ ސ. ހިތަދޫ (30 ޖާގަ)، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބިފައިވާ މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކޮށްދީ މަތީ ލެވެލްތަކުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ކޯހެކެވެ. މި ކޯހުގައި އިސްލާމީ ތަޢުލީމުގެ މައިގަނޑު ދާއިރާތައްކަމުގައިވާ ޢަޤީދާއާއި، ޤުރުއާނާއި ތަފްސީރު އަދި ޙަދީޘުގެ ޢިލްމާއި ފިޤްހުގެ އިތުރުން ތާރީޚާއި ސީރަތުގެ ޢިލްމުން އެނގިފައިވާ އެނގުން އިތުރުވެ އިތުރަށް އޮޅުން ފިލައިގެންދާނެއެވެ. އަދި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ޢިލްމުގެ ތެރެއިން ޢަރަބިބަހާއި އިނގިރޭސިބަސް ކިޔަވައިދެވޭނެއެވެ. އިސްލާމީ ފޮތްތަކަށް ފަރިތަކުރުވުމުގެ އެންމެ ފުރުތަމަ މަރުޙަލާ މި ކޯހުން އުނގަންނައިދެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. އިސްލާމް ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމައި، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

55. ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް       

މުއްދަތު: 4  އަހަރު (8 ސެމިސްޓަރ) 

ޖާގަ:  60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)؛ ލ.ގަން (30 ޖަގަ)،

ތަޢާރުފު:

މި ކޯހުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ އިސްލާމީ ޢިލްމާއި ޢަޤީދާއާއި ޘަޤާފަތުގެ ދާއިރާތަކުން މަޢުލޫމާތު ލިބި، އެދާއިރާތަކުން އަމިއްލައަށް މަޢުލޫމާތު ހޯދައި، މުޠާލަޢާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކު އުފެއްދުމެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ކުރިމަގުގައި މި ރޮނގުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްޓަކައި ކިޔެވުން ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ. ލެވަލް/އެޗް.އެސް.ސީން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އިސްލާމް މުދައްރިސް ޑިގްރީ ފައުންޑޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޘާނަވިއްޔާ ހާސިލު ކޮށްފައިވުން. ނުވަތަ

ރ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލު ކޮށްފައިވުން.

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ޝަރީޢަތާއި ޤާނޫނާބެހޭ ކޯސްތައް ހިންގާ ފެކަލްޓީ

56. ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ     

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)

ޖާގަ: 60 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް (30 ޖާގަ)، ލ. ގަން، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންނަށާއި، އަލަށް އެދާއިރާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި އިސްލާމީ ޝަރީޢަތުގެ ބައެއް މުހިންމު މާއްދާތަކާއި އިނގިރޭސި ކޮމަންލޯ ފަދަ ބައެއް މުހިންމު މާއްދާތައް އެކުލެވިފައިވާނެއެވެ. މީގެ އިތުރުން ޢަރަބިބަސް ވެސް މިކޯހުގައި ކިޔަވައިދޭނެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މިރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފްގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ޝަހާދާ ޡާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަ ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ވެފައިވުމާއެކު ގްރޭޑް 7 ނިންމާފައިވުމާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން.

ފެކަލްޓީ އޮފް ސައިންސް

ސައިންސް ދާއިރާގެ ކޯސްތައް ހިންގާ ފެކަލްޓީ

އިންފޮމޭޝަން ޓެކްނޯލޮޖީއާ ބެހޭ ކޯސްތައް

57. އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޯލޮޖީ     

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 20     

ކޯސް ހިންގާ ކެމްޕަސް: ސ. ހިތަދޫ،

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 އިން ފާސްވެފައިވުން.

58. ޑިޕްލޮމާ އިން ނެޓްވާރކިންގ     

މުއްދަތު: 2  އަހަރު (4 ސެމިސްޓަރ)      

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ. މާލެ

ތަޢާރުފު:

ނެޓްވާރކިންގ ދާއިރާގައި ޢަމަލީގޮތުން ހަރަކާތްތެރިވުމަށް ބައިވެރިންނަށް ދަސްކޮށްދޭ މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ކޮމްޕިއުޓަރ ވިއުގަތައް ފަރުމާކޮށް، ބަލަހައްޓައި އެއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދަސްކޮށްދެވެއެވެ. މިކޯސް ނިންމާ ފަރާތްތަކަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރ ފަދަ ނެޓްވާރކިންގގެ ދާއިރާގެ މުސާރަ ބޮޑެތި ވަޒީފާތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިފައި ވުމާއެކު ބޭސިކް އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

59. ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ     

މުއްދަތު: 2  އަހަރު (4 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެއާ އެއް ފެންވަރެއްގެ) ހިސާބުން ފާސްވެ އަދި ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރުވުމާއެކު ލޯވަރ ސެކަންޑަރީ އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

60. ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޯލޮޖީ     

މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ (30 ޖާގަ)

ތަޢާރުފު:

ކޮމްޕިއުޓަރުގެ ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނު ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީ

މަސައްކަތްތެރިކަމުގެ ކޯސްތައް ހިންގާ ފެކަލްޓީ

61. ސެޓްފިކެޓް 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޯލޮޖީ

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)       

ޖާގަ: 20 (ޖުމްލަ)                        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ،

ތަޢާރުފު:

ކަރަންޓް ވައިރު ކުރުމުގެ ދާއިރާއިން ޓެކްނީޝަނުން ތައްޔާރު ކުރުމަށް ފަރުމާ ކުރެވިފައިވާ މިކޯހުގައި ޒަމާނީ މާހައުލެއްގައި މަސައްކަތް ކުރަން އެނގުމާއި، ވައިރު ކުރުމުގެ މަތީފެންވަރުގެ ޢިލްމާއި ހުނަރު އުގަންނައިދިނުމުގެ އިތުރުން މިދާއިރާއިން ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަކަށް ކޯހުގެ ބައިވެރިން އަހުލުވެރި ކުރެވޭނެއެވެ. މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދާ ފަރާތްތަކަށް ކެޓަގަރީ A (ހައުސް ވައިރިންގ) ގެ ކަރަންޓް މަސައްކަތް ކުރުމުގެ ލައިސަންސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ދޫކުރާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

62. ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑްޝީޓްމެޓަލް 

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)       

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށި،

ތަޢާރުފު:

މި ކޯހުގައި ވެލްޑިންގ ކުރުމަށް ބޭނުން ކުރެވޭ އާލާތްތަކަށް ބައިވެރިން އަހުލުވެރިކުރުމާއި، ވެލްޑިންގ ކުރަން ދަސްކޮށްދިނުމާއި، މެޓަލް ޝީޓުން ތަކެތި ހަދަން ދަސްކޮށްދެވެއެވެ. މިދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ވެލްޑަރުންގެ ގޮތުގައި ވާރކްޝޮޕްތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ލިބެއެވެ. ތަފާތު ވައްތަރުގެ ވެލްޑިންގ އަމިއްލައަށް ކުރެވޭ ފެންވަރަށް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

63. ސެޓްފިކެޓް 3 އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް 

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)                   

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށީ،

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އޮޑިދޯނިފަހަރުގައި ޢާންމުގޮތެއްގައި ބޭނުންކުރެވޭ އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މައްޗަށެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

64. އެޑްވާންސްޑް ސެޓްފިކެޓް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް 

މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)                   

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ހދ. ކުޅުދުއްފުށި،

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އޮޑިދޯނިފަހަރުގައި ޢާންމުގޮތެއްގައި ބޭނުންކުރެވޭ އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މައްޗަށެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ؛

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

65. އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ

މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)       

ޖާގަ: 20                              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ސ. ހިތަދޫ،

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކަރަންޓާއި އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން މަތީ ސެޓްފިކެޓް ހާސިލުކޮށް ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

66. އެޑްވާންސްޑް ސެޓްފިކެޓް އިން ވެލްޑިންގ އެންޑް މެޓްލް ފެބްރިކޭޝަން 

މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)       

ޖާގަ: 20                              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ހދ. ކުޅުދުއްފުށި؛

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކަރަންޓާއި އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން މަތީ ސެޓްފިކެޓް ހާސިލުކޮށް ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤާބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

67. ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރިންގ 

މުއްދަތު: 1.5 އަހަރު (3 ސެމިސްޓަރ)       

ޖާގަ: 20                              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ހދ. ކުޅުދުއްފުށި؛

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކަރަންޓާއި އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން މަތީ ސެޓްފިކެޓް ހާސިލުކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް ގެ ހިސާބު އަދި ފިޒިކްސް އިން ފާސްވެފައިވުމާއެކު ސީ.އޭ.އީ އިނގިރޭސިން ފާސްވެފައިވުން. ނުވަތަ

ށ. މެކޭނިކަލް އިންޖިނޭރުކަމުގެ ޑިޕްލޮމާ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން. ނުވަތަ

ނ. މެކޭނިކަލް އިންޖިނޭރުކަމުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން

68. ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް އިންޖިނިއަރިންގ 

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)        

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ކ.މާލެ؛

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ އިލެކްޓްރޯނިކްސް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އެހެން ޑިޕްލޮމާ ފަދައިން ޑިގްރީ ހެދޭނެއެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލްގެ ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން.

69. ޑިޕްލޮމާ އިން އިލެކްޓްރިކަލް އިންޖިނިއަރިންގ

މުއްދަތު: 2 އަހަރު (4 ސެމިސްޓަރ)        

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:ސ. ހިތަދޫ،

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ އިލެކްޓްރިކަލް ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އެހެން ޑިޕްލޮމާ ފަދައިން ޑިގްރީ ހެދޭނެއެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުއާޞަލާތުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވެލްގެ ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން.

ސެންޓަރ ފޮރ އޯޕަން ލަރނިންގ

ދުރުންދޭ ތަޢުލީމުގެ ނިޒާމުން ކިޔަވައިދޭ މަރުކަޒު

އިނގިރޭސިބަހުގެ ކޯސްތައް

70. އިންގްލިޝް ފޮރ ފަރދަރ ސްޓަޑީޒް (ޑިސްޓަންސް)  

މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)

ޖާގަ: 450 (ޖުމްލަ)

ކޯސް ހިންގާނެގޮތް: ޑިސްޓަންސް މޯޑް

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ކ. މާލެ (150 ޖާގަ)                 ހއ. ދިއްދޫ (20 ޖާގަ)

ހދ. ކުޅުދުއްފުށި (30 ޖާގަ)             ށ. މިލަންދޫ (20 ޖާގަ)                މ. މުލި (20 ޖާގަ)

ދ. މީދޫ (20 ޖާގަ)                  ރ. ދުވާފަރު (20 ޖާގަ)                ފ. ނިލަންދޫ (20 ޖާގަ)        

ލ. ގަން (30 ޖާގަ)                  ވ. ފެލިދޫ (20 ޖާގަ)                 ގދ. ތިނަދޫ (30 ޖާގަ)        

ސ. ހިތަދޫ (30 ޖާގަ)                 ތ. ވިލުފުށި (20 ޖާގަ)               ނ. ކެނދިކުޅުދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިނގިރޭސިބަހުން ކިޔަވައިދޭ ކޯހަކަށް ވަންނަ ފެންވަރު ނެތް ފަރާތްތަކަށް މަތީ ތަޢުލީމުގައި ކުރިއަށް ދިއުމަށް ބޭނުންވާ ފެންވަރަށް އިނގިރޭސިބަސް އުނގަންނައިދިނުމަށް އަމާޒުކުރެވިގެން ހިންގާ ކޯހެކެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޮވާއިރު މި މާއްދާއިން ފާސްވެފައިވާނަމަ އެ ފާސް، އޯލެވެލް އާ އެއް ފެންވަރެއްގެ ފާހެއް ކަމުގައި ބެލެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރު ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

ހިންގުމުގެ ދާއިރާގެ ކޯސްތައް

71. އެޑްވާންސްޑް ސެޓްފިކެޓް އިން މެނެޖްމަންޓް (ޑިސްޓަންސް)   

މުއްދަތު: 2  އަހަރު (4 ސެމިސްޓަރ)       

ޖާގަ: 75 (ޖުމްލަ)

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ޅ. ނައިފަރު (25 ޖާގަ)               ދ. ކުޑަހުވަދޫ (25 ޖާގަ)              ލ. ގަން (25 ޖާގަ)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ހިންގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށާއި ހިންގުމުގެ ހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުން ކުރެވޭނެ ގޮތްތައް އުނގަންނައި ދިނުމަށެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އޮފީސްތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން އަދި އޭގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ އިނގިރޭސިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރު ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

ޓީޗިންގ ދާއިރާގެ ކޯސްތައް

72. ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (އިންގްލިޝް)

މުއްދަތު:  3 އަހަރު (6 ސެމިސްޓަރ)

ޖާގަ: 90 (ޖުމްލަ)   

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ރ.ދުވާފަރު (30 ޖާގަ)    ބ. އޭދަފުށި (30 ޖާގަ)   ޏ. ފުވައްމުލައް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރު ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

73. ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)

ޖާގަ: 120 (ޖުމްލަ)    

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ނ. ކެނދިކުޅުދޫ (30 ޖާގަ)     ރ. ދުވާފަރު (30 ޖާގަ)          ބ. އޭދަފުށި (30 ޖާގަ)       ޏ.ފުވައްމުލައް (30ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަ ވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރު ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

އިޖުތިމާޢީ ދާއިރާގެ ކޯސްތައް

74. މާސްޓަރ އޮފް އަރޓްސް އިން ސޯޝަލް ޕޮލިސީ

މުއްދަތު: 2.5 އަހަރު (5 ސެމިސްޓަރ)

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:ކ.މާލެ (25 ޖާގަ) ސ.ހިތަދޫ (25 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. އުމުރުން 25 އަހަރުވެފައިވުމާއި، ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ. އުމުރުން 25 އަހަރު ވެފައިވުމާއި، ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި ދާއިރާއަކުން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ރ. އުމުރުން 25 އަހަރު ވެފައިވުމާއި، ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 45 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި ދާއިރާއަކުން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނޯޓު: ސަނަދު ހާސިލުކޮށްފައިވަނީ އިނގިރޭސިބަސް ފިޔަވައި އެހެން ބަހަކުންނަމަ އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ އައި.އައި.އީ.އެލް.ޓީ.އެސް 5.5 ހޯދާފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

މަސައްކަތުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

ފައުންޑޭޝަން ސްޓަޑީޒް

ޝަރުޠު ހަމަނުވާ ކުދިން ކޯސްތަކަށް ވަދެވޭ ފެންވަރަށް ގެންނަ ކޯސްތައް ހިންގާ މަރުކަޒު

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީއާ ގުޅޭ ކޯސްތައް

75. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 1: ޑިޕްލޮމާ އިން ބިލްޑިންގ ކޮންސްޓްރަކްޝަން

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)       

ޖާގަ: 20 (ޖުމްލަ)                        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ،

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުންތަކުން 3 މާއްދާއިން ފާސްވެފައިވުން. 

76. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 : ބެޗްލަރ އޮފް އަރޓްސް އިން އަރކިޓެކްޗަރަލް ޑިޒައިން

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)       

ޖާގަ: 20 (ޖުމްލަ)                        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ހިސާބު/ފިޒިކްސް/އަރޓް/ޖިއޮމެޓްރިކަލް ޑްރޯވިންގގެ ތެރެއިން 1 މާއްދާ ހިމެނޭ ގޮތަށް ޖީ.ސީ.އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. 

 ފެކަލްޓީ އޮފް ސައެންސާ ގުޅޭ ކޯސްތައް

77. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެންވަޔަރަންމަންޓް މެނެޖްމަންޓް

މުއްދަތު:1  އަހަރު (2 ސެމިސްޓަރ)      

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ - ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް / އެސް.އެސް ސީ 3 މާއްދާއިން ފާސްވެފައިވުން.

78. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު:1  އަހަރު (2 ސެމިސްޓަރ)      

ޖާގަ: 50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ  - ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

  ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން.

ފެކަލްޓީ އޮފް އެޑިޔުކޭޝަނާ ގުޅޭ ކޯސްތައް

79. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ      

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)

ޖާގަ:  50 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް (50 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

   ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން.

80. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެޑްވާންސްޑް ޑިޕްލޮމާ/ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ    

މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

ޖާގަ: 210 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަސް:ކ. މާލެ

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (މާލެއަށް)

އެކައުންޓް އާއި އިކޮނޮމިކްސް (15)              އެކައުންޓް އާއި ބިޒްނަސް ސްޓަޑީސް (15)

އިކޮނޮމިކްސް އާއި ބިޒްނަސް ސްޓަޑީސް (15)        ބައޮލޮޖީ އާއި ކެމިސްޓްރީ (15)
ކެމިސްޓްރީ އާއި މެރިން ބައޮލޮޖީ(15)             ކެމިސްޓްރީ އާއި ފިޒިކްސް (15)                                

ބައޮލޮޖީ އާއި މެރިން ބައޮލޮޖީ (15)              ބައޮލޮޖީ އާއި ފިޒިކްސް (15)                           

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާގޮތް (ކެމްޕަސްތަކަށް)

  ސ.ހިތަދޫ ކެމްޕަސް                                    

އެކައުންޓް އާއި އިކޮނޮމިކްސް (15)              އެކައުންޓް އާއި ބިޒްނަސް ސްޓަޑީސް (15)                         

އިކޮނޮމިކްސް އާއި ބިޒްނަސް ސްޓަޑީސް (15)                       

ގދ.ތިނަދޫ ކެމްޕަސް                                  

އެކައުންޓް އާއި އިކޮނޮމިކްސް (15)              އެކައުންޓް އާއި ބިޒްނަސް ސްޓަޑީސް (15)                         

އިކޮނޮމިކްސް އާއި ބިޒްނަސް ސްޓަޑީސް (15)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ކިޔަވައިދޭން ޚާއްޞަވާ މާއްދާ ކޮމްބިނޭޝަން ނުވަތަ އެއާ ގުޅުންހުރި 2 މާއްދާއާއި އެސް.އެސް.ސީ ދިވެހި ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

81. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބީއޭޓެފްލް / ބީއެޑް އިންގްލިޝް    

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)

ޖާގަ:  80 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް (50 ޖާގަ)، ސ.ހިތަދޫ (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

   ޖީ.ސީ.އީ އޯލެވެލް އިނގިރޭސި ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން.

 ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާ ގުޅޭ ކޯސްތައް

82. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 1: ޑިޕްލޮމާ އިން ފާރމަސީ

މުއްދަތު: 1  އަހަރު (2 ސެމިސްޓަރ)

ޖާގަ: 50

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ. މާލެ، ފުލް-ޓައިމް   

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ޖީ.ސީ.އީ އޯ ލެވެލް / އެސް.އެސް.ސީ އިމްތިޙާނުތަކުން، 1 މާއްދާއިން ފާސްވެފައިވުން.

16 މާރިޗު 2016