ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/2016/04
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި: 29 މާރިޗު 2016 12:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ޑްރައިވަރުގެ ވަޒީފާގެ ފުރުޞަތު:

ރ. ވާދޫ ޞިއްޙީ މަރުކަޒަށް ޑްރައިވަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 3 މާރިޗު 2016 ގައި ކުރެވުނު RHC(IUL)2015/02 ނަންބަރުގެ އިޢުލާނުގައި، ޑްރައިވަރުގެ މަޤާމުގެ ޝަރުޠު އަސާސީ ޝަރުޠުގެ (3 ވަނަ އިޞްލާޙުގެ 2 ވަނަ އިސްދާރު) (1 މެއި 2015) ގައިވާ ޝަރުޠާ އެއްގޮތަށްކަމުގައި ނުވާތީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރެވިފައިވާ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، ރ. ވާދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމުގެ ނަން:

ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޑްމިން ޑިވިޜަން

މަޤާމް އޮތް ތަން:

ރ. ވާދޫ ޞިއްޙީ މަރުކަޒު

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑިޔުޓީގަޑީގައްޔާއި އޮންކޯލް ވަގުތުތަކުގައި ބަލިމީހުން އުފުލުން.

2. އެމްބިއުލަންސްގެ އެތެރެއާއި ބޭރު ދޮވެ ރަނގަޅަށް ސާފުކުރުން.

3. ވެހިކަލްތަކުގައި ކުރެވޭ ދަތުރުތަކުގެ ލޮގް ލިޔެ، ފޮތް ބެލެހެއްޓުން.

4. އެމްބިއުލަންސްގެ ދަތުރުތަކަށް ބޭނުންވާ ތެލާއި، އެހެނިހެން ތަކެތި، ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ހޯދުން.

5. އެމްބިއުލަންސްގައި ކުރަންޖެހޭ މަރާމާތުކުރުމާއި، އިތުރަށް މަރާމާތުކުރުމަށް އެހީ ބޭނުންވާ ހިނދު ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން.

6. މަރުކަޒުގެ އޮފީހުން ކުރާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

7. މަރުކަޒުގައި ކުރަން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން.

ތަޢުލީމާއި، ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގެރީ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  4. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (ވަޒީފާއަށް އެދޭ ފޯމު، ރ. ވާދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެތް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިއެޓްކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިއެޓްކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

ވަޒީފާއަށް އެދި ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2016 މާރިޗު 29 ވާ އަންގާރަދުވަހުގެ 12.00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ، ރ. ވާދޫ ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހުގައި ރ. ވާދޫ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6580399 އެވެ.

23 ޖުމާދުލްއޫލާ 1437

03 މާރިޗު 2016