ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ޤައުމީ ދާރުލްއާސާރުގެ އިމާރާތުގައި މިހާރު ބޭނުންކުރާ ލިފްޓު 1 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު IUL)222-AH/INDV/2016/8)ފ(29 ފެބުރުވަރީ 2016) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެކަށީގެންވާވަރަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
ބުދަ |
23 މާރިޗު 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
ބުރާސްފަތި |
31 މާރިޗު 2016 |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 ޖުމާދަލްއާޚިރާ 1437