ދިވެހިރާއްޖެ
އިޢުލާން
އިރުދެކުނުފަރާތު ފަޅުތެރެ މޫދު ވިނަ ނަގައި ފުންކޮށްދޭނެ ފަރާތެއް ހޯދުމަށް:
ރަށުގެ އިރުދެކުނުފަރާތުގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީކުރުމަށް މޫދު ވިނަ ނަގައި އެސަރަހައްދު ފުންކޮށް އީ.އައި.އޭ ރިޕޯޓާ އެއްގޮތަށް ހެދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި މަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 30 މާރިޗު 2016 ވާ ބުދަދުވަހުގެ 13:30 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޖުމާދަލްއާޚިރާ 1437