މަސައްކަތް
ނަންބަރު: H-2016/81
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 27 މާރިޗު 2016 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ހިންގުމަށް ޢިމާރާތެއްކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ވ.ތިނަދޫ އިންޖީނުގޭ ފަރާތުން ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް ޢިމާރާތެއް 9 މަސްދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މި ފަދަ އިމާރާތެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ މަޢުލޫމާތު 

އިތުރު ތަފުސީލު

އިމާރާތުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު:

 

ގުޅޭނެ ފޯނު ނަންބަރު:

(މޮބައިލް ނަންބަރު)

ކުއްޔަށް ދޭން ހުށަހަޅާ އިމާރާތުގެ އެޑްރެސް:

 

ޢިމާރާތުގެ ޖާގައިގެ ބޮޑުމިން (އަކަފޫޓުން) :

މަދުވެގެން 150 އަކަފޫޓާއި 500 އަކަފޫޓާ ދެމެދުގެ ޖާގައެއް ޢިމާރާތުގައި ހުންނަން ވާނެއެވެ.

ޢިމާރާތުގެ ކުލި (މަހަކަށް):

 

ބޭނުންކުރަން ފެށޭނެ ތާރީޚު:

 

އެހެނިހެން ޝަރުޠު:

 

ޢިމާރާތަކީ މަގަށް ދޮރުކެނޑިފައިވާ ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ހުރި ތަނަކަށް ވާންޖެހޭނެއެވެ.

ޢިމާރާތުގައި ފާޚާނާއެއް ހުންނަންވާނެއެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

  1. އިމާރާތުގެ ކުލި –85 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު  ( 85 x
  2. އިންޖީނުގެއާއި ގުޅުންހުރި އިދާރީ ޚިދުމަތްތަށް ދިނުމަށް ހުރި ފަސޭހަކަން - 15 ޕޮއިންޓް

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި، ކުއްޔަށް ދޫކުރުމަށް ހުށަހެޅޭ ތަނަކީ ސްޓެލްކޯއިން ވ.ތިނަދުއަށް ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ދެވެން ނެތް ފަދަ ތަނެއް ކަމަށް މި ކުންފުންޏަށް ފެނިއްޖެ ހާލަތެއްގައި އެފަދަ ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދޫކުރަން އެދިވަޑައިގަންނަވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ޖުމާދަލްއާޚިރާ 1437  

ނޯޓު:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338125 ނަންބަރު ފޯނާއެވެ.
  • އީމެއިލް ކުރައްވާނީ [email protected]

                                                               

17 މާރިޗު 2016