ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/1/2016/54
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި: 21 މާރިޗު 2016 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

ޓިވެޓް އޮޓޯރިޓީއަށް ތިރީގައި މިދަންނަވާ މެޝިނަރީ ގަތުމަށް ބޭނުންވެއްޖެއެވެ.

01 ފޮޓޯކޮޕީ މެޝިން (ކުލަ)

02 ލެޕްޓޮޕް

02 ކޮމްޕިއުޓަރ ސިސްޓަމް

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.               

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މާރިޗު 21 ވަނަ ދުވަހުގެ 11:00 އަށް

2016 މާރިޗު 24 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

17 މާރިޗު 2016