ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް 2016
މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 12 އެޕްރީލް 2016 ގައި ފެށުމަށް ހަމަޖެހިފައިވާ 18 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭނޭގޮތަށް ލިއުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 3 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގެ ގަވާއިދާއި ޓީމުލިސްޓު ހުށަހަޅާ ފޯމުގެ އިތުރުން މުބާރާތާބެހޭ މަޢުލޫމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އިން އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.
މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރުފުރާތަކަށެވެ.
12 އަހަރުން ދަށް ( އަންހެން / ފިރިހެން )
14 އަހަރުން ދަށް ( އަންހެން / ފިރިހެން )
16 އަހަރުން ދަށް ( އަންހެން / ފިރިހެން )