ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 003
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 22 މާރިޗު 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ – އޮފީސް އޮފް މެނޭޖިންގ ޑިރެކްޓަރ

މި އޮފީހުން އެސިސްޓެންޓް އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން ކުރެވުނު ނަންބަރު (AS/IUL/2015/0291) (ތާރީޚު: 15 ޑިސެންބަރު 2015) ގެ އިޢުލާނު، ބާޠިލުކޮށް އަލުން އިޢުލާނު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. 

މަޤާމު އެސިސްޓެންޓް އޮފިސަރ 
ޑިޕާޓްމަންޓް އޮފީސް އޮފް މެނޭޖިންގ ޑިރެކްޓަރ

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ދިވެހި އަދި އިނގިރޭސިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
  • ޖީ.ސީ.އީ އޭލެވެލް ގެ 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ އިދާރީ ހިންގުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • އެއް އަހަރުދުވަހުގެ އިދާރީ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން
  • އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްސަ ސަމާލުކަމެއްދެވޭނެ.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން

ވަޒީފާގެ ޒިންމާތައް:

  • ސިޓީ ލިޔުމާއި ރިޕޯޓް ހެދުން
  • އެމްޕެނަލްމަންޓް މަސައްކަތް ކުރުން
  • ލިޔެކިޔުންތަކުގެ ރިކޯޑްތައް ބެލެހެއްޓުން
  • އެއްބަސްވުންތައް ހަދައި ބެލެހެއްޓުން
  • ސާރވިސް ޕްރޮވައިޑަރސްއިންނާއި މުޢާމަލާތުކުރުން
  • ސާރވިސް ޕްރައިސް ލިސްޓް އަޕްޑޭޓްކުރުން
  • ޑިޕާޓްމަންޓްގެ އެހެނިހެން މަސައްކަތް ކުރުން
މުސާރައާއި ޢިނާޔަތް ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 މާރިޗު 22  ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު 
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3.  ސީވީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެއްވުމަށް:

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދޭ ފޯމު ހުށަނާޅައި ނުވަތަ ފުރިހަމަނުވާނަމަ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

17 މާރިޗު 2016