ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/30
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 31 މާރިޗު 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:GS 3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- މާލީ ހިސާބާއި، އަހަރު ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ކަމާބެހޭ މުވައްޒަފުންނަށް ކަނޑައެޅިފައިވާ މުއްދަތުގައި ޙަވާލުކުރުމާއި، އެކައުންޓްތަކަށް އަނބުރާ ޖަމާކުރާ ފައިސާއާއި، އިތުރަށް ހޯދަންޖެހޭ ފައިސާއާ ބެހޭ ސިޓީތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. އަދި އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި އެހީތެރިވުން.

2- މިނިސްޓްރީއަށް ލިބޭ ހުރިހާ ފައިސާއެއް ގަވާއިދުން ބަލައިގަނެ، ހަމަޖެހިފައިވާ އުސޫލުގެ މަތިން ޖަމާކުރުމާއި، ފައިސާ ދެއްކުމަށްޓަކައި ޕޯސްޓްކުރާ ޕޭމަންޓް ވައުޗަރތަކަށް ފައިސާ ދައްކާތޯ ޗެކުކުރުމާއި، އޮފީހަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމުގެ ކަންތައް ކުރުން.

3- މިނިސްޓްރީއަށް ލިބޭ ހުރިހާ ފައިސާއެއްގެ ޕޭމަންޓްވައުޗަރ ހަދަން ބޭނުންވާ ސަޕޯޓިންގ ޑޮކިއުމެންޓްތައް ހަމަކުރުމާއި ދުވަހުފޮތް ގަވާއިދުން ބެލެހެއްޓުމާއި، ހުރިހާ ފައިސާއާބެހޭ މަންތުލީ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4- ބޭރުގެ އެހީގައި ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާ ދިނުމާއި، ދޫކުރާ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓު ހެދުން. އަދި ބޭރުގެ އެހީގެގޮތުގައި ލިބޭ ފައިސާއާއި، އެކިއެކި ފަންޑުތަކަށް ލިބޭ ފައިސާގެ ތެރެއިން ޚަރަދުކުރަންޖެހޭ ފައިސާ ހަވާލުކުރުމަށްޓަކައި ލިބޭ ބިލުތަކާއި، ލިޔުންތައް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޕޭމަންޓް ވައުޗަރ ހަދައި އެޓޭޗްކޮށް ޕޯސްޓްކުރަން ޙަވާލުކުރުން.

5- އެކިއެކި އެކައުންޓްތަކުގެ ޕޭމަންޓް ވައުޗަރތަކުގެ ރަޖިސްޓަރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް މަހުން މަހަށް ޖުމުލަކޮށް ބެލެހެއްޓުން.

6- ޕޭމަންޓް ވައުޗަރތަކުގެ ކޮޕީ ތަރުތީބުން (ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފެންނާނެހެން) ފައިލްކޮށް ބެލެހެއްޓުން.

7- އެކައުންޓްތަކުން ކުރެވޭ ޚަރަދުތައް ބާކީކޮށް ރިޕޯޓް ތައްޔާރުކުރުމާއި، އެކައުޓްތައް ރީކޮންސައިލްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން. އަދި ބޭރުގެ އެހީގައި އެޕްރޫވް ކުރަންޖެހޭ ހުރިހާ ޕްރޮޖެކްޓްތަކާބެހޭ މަޢުލޫމާތުތައް އެންމެ ފަސޭހައިން ފެންނާނޭހެން ބަލަހައްޓަމުން ގެންދިއުމާއި ކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

8- ބޭރުގެ އެކިއެކި ޖަމްޢިއްޔާ/ ޖަމާޢަތްތަކުން ލިބޭ ފައިސާ އެތަނަކުން ކަނޑައަޅާފައިވާ "ހެކްޓް" އާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.

9- ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާއިން ކުރެވޭ ޚަރަދުތަކުގެ ލިކުވިޑޭޝަން ރިޕޯޓު ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ބެހޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ބަޖެޓް އެންޑް ފައިނޭންސް

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް ނުވަތަ ފައިނޭންސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަން އިންޓަރނަލް އޮޑިޓް ކުރުން.
  2. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އިންޓަރނަލް އޮޑިޓްގެ ރިޕޯޓު ތައްޔާރުކުރުން.
  3. އޮޑިޓް ކުރުމުގައި ބޭނުންކުރާ އިޖުރާޢަތުތައް ޑްރާފްޓްކޮށް މުޠާލިޢާ ކުރުން. އަދި ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން.
  4. މި މިނިސްޓްރީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލް ތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖުރާޢަތުތައް މުރާޖަޢާ ކުރުން.
  5. އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭންތައް ހެދުމާއި، އިންޓަރނަލް އޮޑިޓް އަދި ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، ތައްޔާރު ކުރުން.
  6. ފުރިހަމަ ކުރެވުނު އިޖުރާޢަތުތަކާ ގުޅޭގޮތުން އޮޑިޓްއިން ނެގޭ ފޮޓޯކޮޕީ (ވައުޗަރު/ރިސިޓު ނުވަތަ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން)
  7. އޮޑިޓް ކުރުމުގެ ބައިނަލްއަޤުވާމީ މިންގަނޑު (އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް) ތަކަށް އަހުލުވެރިވުމަށް މަސައްކަތްކުރުމާއި އެފަދަ މިންގަނޑުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރުން. އަދި އޮފީހުން ރަސްމީގޮތުންނާއި ނުރަސްމީ ސިފައެއްގައި ހިންގާ ޕްރޮގްރާމްތަކާއި، ތަޢުލީމު ލިއްބައިދޭ ޕްރޮގުރާމުތަކުގައި ބައިވެރިވުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން

ސުންގަޑި

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގި ފިލާގައި. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  3013017/3027549 އެވެ. ވަޒީފާއަށް އެދޭ ފޯމް މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

 

15 މާރިޗު 2016