ކުއްޔަށް ދިނުން
ނަންބަރު: (IUL)258/2016/28
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 24 މާރިޗު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް ހިމެނޭ ޢިމާރާތުގެ މަތީބައި ކުއްޔަށް ދިނުމާބެހޭ

އިޢުލާން

މަސް މާރުކޭޓް ހިމެނޭ ޢިމާރާތުގެ މަތީބައި ކުއްޔަށް ދިނުމާބެހޭ

ހަނިމާދޫ ކައުންސިލުން ޢިމާރާތް ކޮށްފައިވާ މަސް މާރުކޭޓް ހިމެނޭ ޢިމާރާތުގެ މަތީބައިގައި ހަދާފައިވާ ސައިހޮޓާ، ނުވަތަ ރެސްޓޯރެންޓް ހިންގުމަށްޓަކައި ޢިމާރާތުގެ މަތީބައި 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ހަނިމާދޫ ކައުންސިލަށް އަގު ބަޔާންކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016