ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/37
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 28 މާރިޗު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު


މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާތަކެކެވެ.

މަޤާމު

ރެޖިސްޓްރާރ

ކޮންޓްރެކްޓް މުއްދަތު

5 އަހަރު

ސެކްޝަން/ޔުނިޓް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ބޭނުންވާ އަދަދު

01

ރޭންކް: EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އެޓެންޑެންސް އެލަވަންސް

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން މެނޭޖްމަންޓް ނުވަތަ ޑޮކްޓަރީ ބޭހުގެ ރޮނގުން ނުވަތަ ޑެންޓިސްޓްރީގެ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުލުކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  • ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީއާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓުފިކެޓުފަދަ ލިޔުންތައް ދޫކުރުން؛
  • ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން؛
  • ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން؛
  • ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުން؛
  • ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ބެލެހެއްޓުން؛
  • ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން؛
  • ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ޤާނޫނީ ގޮތުން ވެދެވެންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން؛
  • އިދާރީގޮތުން ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި، ކައުންސިލް މެންބަރުންގެ ބައްދަލުވުމަކުން ފާސްވުމުން، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
  • ކައުންސިލްގެ މެންބަރުންގެ މަޝްވަރާއާއެކު ކައުންސިލްގެ ކުރިއެރުމާއި، ތަރައްޤީއަށް ދުރު، މެދު، އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމާއި، އެކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން؛
  • މިނިސްޓްރީ އޮފް ހެލްތަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީ ގޮތުން، އެކަމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން؛
  • ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ހަވާލުކޮށް، ލިޔެކިޔުންތައް ބަލަހައްޓައި، އަދި މުވައްޒަފުން އެޕްރައިސަލްގެ ކަންކަން ބެލެހެއްޓުން؛
  • ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ބެޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖައްސުން؛
  • މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް، މަސައްކަތުގެ މާޙައުލުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް މަސައްކަތްކުރުން؛
  • އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ޚަރަދުކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލޮޖީ ހޯދައި ތަޢާރުފުކުރުން؛
  • ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ހިއްސާކުރުން ؛
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ހަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން؛
  • ރަޖިސްޓްރާރުގެ މަސްއޫލިއްޔަތެއް ކަމުގައި އެހެން ޤާނޫނަކުން ކަނޑައަޅާ ޒިންމާތައް އަދާކުރުން.

މަޤާމު

ރެޖިސްޓްރާރ

ކޮންޓްރެކްޓް މުއްދަތު

5 އަހަރު

ސެކްޝަން/ޔުނިޓް

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

ބޭނުންވާ އަދަދު

01

ރޭންކް:EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އެޓެންޑެންސް އެލަވަންސް

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް، މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން މެނޭޖްމަންޓް ނުވަތަ އެލައިޑް ހެލްތުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުލުކޮށްފައިވުމާއެކު، މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  • ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީއާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓުފިކެޓުފަދަ ލިޔުންތައް ދޫކުރުން؛
  • ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން؛
  • ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން؛
  • ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުން؛
  • ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ބެލެހެއްޓުން؛
  • ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން؛
  • ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ޤާނޫނީ ގޮތުން ވެދެވެންޖެހޭ އެހީތެރިކަން ލަސްކުރުމެއް ނެތި ފޯރުކޮށްދިނުން؛
  • އިދާރީގޮތުން ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި، ކައުންސިލްގެ މެންބަރުންގެ ބައްދަލުވުމަކުން ފާސްވުމުން، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
  • ކައުންސިލްގެ މެންބަރުންގެ މަޝްވަރާއާއެކު ކައުންސިލްގެ ކުރިއެރުމާއި، ތަރައްޤީއަށްޓަކައި ދުރު، މެދު، އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމާއި، އެކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން؛
  • މިނިސްޓްރީ އޮފް ހެލްތަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީ ގޮތުން، އެކަމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން؛
  • ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ޙަވާލުކޮށް، ލިޔެކިޔުންތައް ބަލަހައްޓައި، އަދި މުވައްޒަފުން އެޕްރައިސަލްގެ ކަންކަން ބެލެހެއްޓުން؛
  • ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ބަޖެޓުގެ ތެރެއިން ހޯދޭނެ އިންތިޒާމު ހަމަޖައްސުން؛
  • މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ހައްލުކޮށް، މަސައްކަތުގެ މާހައުލުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަސައްކަތްކުރުން؛
  • އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ޚަރަދުކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލިޖީ ހޯދައި ތަޢާރުފުކުރުން؛
  • ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ހިއްސާކުރުން ؛
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ޙަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން؛
  • ރަޖިސްޓްރާރުގެ މަސްއޫލިއްޔަތެއް ކަމުގައި އެހެން ޤާނޫނަކުން ކަނޑައަޅާ ޒިންމާތައް އަދާކުރުން.

މަޤާމު

ރެޖިސްޓްރާރ

ސެކްޝަން/ޔުނިޓް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފުރީ ކައުންސިލް

ބޭނުންވާ އަދަދު

01

ރޭންކް:  EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އެޓެންޑެންސް އެލަވަންސް

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފުރީ ކައުންސިލް، މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން ނަރުސްކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުލުކޮށްފައިވުމާއެކު، މަދުވެގެން 10 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  • ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީއާއި ރިކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓުފިކެޓުފަދަ ލިޔުންތައް ދޫކުރުން؛
  • ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން؛
  • ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން؛
  • ކައުންސިލުގެ ނިންމުންތައް ތަންފީޛުކުރުން؛
  • ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ބެލެހެއްޓުން؛
  • ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން؛
  • ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ޤާނޫނީ ގޮތުން ވެދެވެންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން؛
  • އިދާރީގޮތުން ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި، ކައުންސިލް މެންބަރުންގެ ބައްދަލުވުމަކުން ފާސްވުމުން، ކައުންސިލުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
  • ކައުންސިލްގެ މެންބަރުންގެ މަޝްވަރާއާއެކު ކައުންސިލްގެ ކުރިއެރުމާއި، ތަރައްޤީއަށް ދުރު، މެދު، އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމާއި، އެކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން؛
  • މިނިސްޓްރީ އޮފް ހެލްތަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީ ގޮތުން، އެކަމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން؛
  • ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ޙަވާލުކޮށް، ލިޔެކިޔުންތައް ބަލަހައްޓައި، އަދި މުވައްޒަފުން އެޕްރައިސަލްގެ ކަންކަން ބެލެހެއްޓުން؛
  • ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ބެޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖައްސުން؛
  • މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް، މަސައްކަތުގެ މާޙައުލުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް މަސައްކަތްކުރުން؛
  • އައު ގޮތްތައް ދިރާސާކުރުމާއި ، އެހެން ތަންތާންގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ޚަރަދު ކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލިޖީ ހޯދައި ތަޢާރުފްކުރުން؛
  • ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްޞާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ޙިއްޞާކުރުން ؛
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ހަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން؛
  • ރަޖިސްޓްރާރުގެ މަސްއޫލިއްޔަތެއް ކަމުގައި އެހެން ޤާނޫނަކުން ކަނޑައަޅާ ޒިންމާތައް އަދާކުރުން.

ރަޖިސްޓްރާރުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

  • ދިވެހިރައްޔިތެއް ކަމުގައިވުން؛
  • ކައުންސިލުގެ ރަޖިސްޓްރާރުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން؛
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން؛ 
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި  އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން؛
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ އޭޕްރީލް ނުވަތަ މޭ މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

15 މާރިޗު 2016