ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ A/05/Q10MC/2016 ނަންބަރުގެ އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމުގެ ރޭންކް: LS2 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާގެ ބާވަތް: ދާއިމީ |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް |
||
އަސާސީ މުސާރަ: |
-/9412 ރުފިޔާ |
||
އެލަވަންސް: |
- ސަރވިސް އެލަވަންސް: -/3000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ލިވިންގ އެލަވަންސް: -/2550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން. 2- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. 3- އެކިއެކި ކޯޓްތަކުން ބަޔާންނެގުމަށާއި، މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން. 4- ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލް އަރުޝީފަށް ހަވާލުކުރުން. 5- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުވައިދިނުމާބެހޭ މަސައްކަތް، ކޯޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން. 6- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ގަވާއިދުން ދޫކުރުން. 7- މަތީގައިވާ ކަންކަމުގެ އިތުރުން، ޝަރީޢަތާބެހޭ ސެކްޝަނުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުން. |
||
ހުށަހަޅަންޖެހޭ ތަކެތި: |
1- ޝަރުއީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) 5- ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް. |
||
ސުންގަޑި: |
2016 މާރިޗު 28 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
މި މަޤާމަށް މީހަކު ހޮވުމުގައި، މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، ތަޖުރިބާއާއި، ކުރެވޭ އިންޓަވިއުއަށް ބެލުމާއެކު، ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި ރަށުން ބޭރަށްގޮސް މަސައްކަތްކުރެވޭނެ މީހަކަށް އިސްކަންދެވޭނެއެވެ. |
||
6 ޖުމާދަލްއާޚިރާ 1437 |