ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން ދައްކާ ނަމޫނާއާ އެއްގޮތަށް އިސްލާމީ މަރުކަޒުގެ ސެކިއުރިޓީންނާއި މަސައްކަތު މުވައްޒަފުންގެ ޔުނިފޯމު، އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/19 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ހާޒިރުވެފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ، 3020200 އަށެވެ.
05 ޖުމާދަލްއާޚިރާ 1437