ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)457-AIT/1/2016/4
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:40
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016

އިޢުލާން

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016

މިބިއުރޯގެ ފަރާތުން 2016 ގައި ކުރުމަށް ހަމަޖެހިފައި ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މާލެއާއި އަތޮޅުތަކުގައި މާރިޗުމަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މާލޭގައި މާރިޗުމަހުގެ 19 ވަނަ ދުވަހު ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓު ނެގުމުގެ މަސައްކަތް މިބިއުރޯގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެތެރެއިން ރެންޑަމްކޮށހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް މާރިޗުމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ. މީގެއިތުރުން އަތޮޅުތަކުގައި ވެސް މިސަރވޭގެ މަސައްކަތް މާރިޗުމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ވާހަކަވެސް ދަންނަވަމެވެ. މިސަރވޭއަކީ ކޮންމެ ފަސް އަހަރަކުން މިބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭއެކެވެ. މިގޮތުން އެކިއެކި ބުރުތަކަކަށް ބަހާލެވިގެން މިފަހަރުގެ ސަރވޭ ވެސް މިއަހަރު ތެރޭގައި މާލެއާއި އަތޮޅުތަކުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ މިއަހަރުގެ (2016 ވަނައަހަރުގެ) މާރިޗު، އެޕްރީލް، މޭ އަދި އޮގަސްޓު، ސެޕްޓެންބަރު، އޮކްޓޫބަރުމަހުއެވެ. މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 720 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4265 ގޭބިސީއެއްގައި މިސަރވޭ ކުރެވޭނެއެވެ.

މިބިޔުރޯއިން ތަމްރީނުކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ކުރިން ދެންނެވިފައިވާ މުއްދަތުގައި ޒިޔާރަތްކުރާނެއެވެ. މިމަޢުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 6:00 އާ ދެމެދު ބިއުރޯގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ.

މިސަރވޭއަކީ ގަވާއިދު ނަންބަރު: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ ސަރވޭއެކެވެ. މި ސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މަޢުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މި ސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ޤައުމީ ބޮޑުމަސައްކަތަކަށް ވުމާއެކު، ޢާންމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށްބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރު 3349498 / 3349494 އަށް ގުޅުއްވުން އެދެމެވެ. 

7 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016