ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ އައުޢިމާރާތަށް ތިރީގައި ދަންނަވާފައިވާ ތަކެތި ގަންނަން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
އަދަދު |
ތަފުސީލު |
25 |
އޮފީސް ގޮނޑި (ވިޒިޓަރސް ޗެއަރ) |
06 |
އޮފީސް ގޮނޑި (އެގްޒެކެޓިވް ލޯބެކް) |
02 |
ކޮންފަރެންސް މޭޒު |
03 |
އޮފީސް މޭޒު |
07 |
ވައިޓްބޯޑު |
02 |
ލޮކަރު (12 ދޮރުފަތް) |
04 |
ފައިލިން ރެކް |
01 |
ފައިލިން ކެބިނެޓް |
01 |
އަލަމާރި (2 ދޮރުފަތްލީ ސްޓޮކް ތަކެތި ރައްކާކުރުމަށް) |
02 |
ބުކްޝެލްފް |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 11:00 |
2016 އެޕްރީލް 03 ވާ އާދީއްތަ ދުވަހުގެ 11:00 |
ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:
އަގަށް: 65 ޕޮއިންޓް
މުއްދަތު: 15 ޕޮއިންޓް
މާލީ ޤާބިލުކަން: 10 ޕޮއިންޓް
ތަޖުރިބާ: 10 ޕޮއިންޓް
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.