| 
 މަޤާމް: 
 | 
 މަސައްކަތު 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1) 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
| 
 އޮފީސް / އިދާރާ: 
 | 
 އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ 
 | 
| 
 ޔުނިޓް: 
 | 
 ކޯޕްރޭޓް އެފެއާޒް 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ 
 | 
| 
 މުސާރަ: 
 | 
 މަހަކު -/3100 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު -/1000 ރުފިޔާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 1 (އެކެއް) 
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
 ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. 
 | 
| 
   
  
  
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކޮންމެ ދުވަހަކު، އޮފީހުގެ އެތެރެއާއި، އޮފީހާ ގުޅިފައިވާ މަގުތަކުގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، މަދުވެގެން ހަފްތާއަކު އެއްފަހަރު އޮފީހުގެ ދޮރު، ދޮރުފަތް، ފަންކާ، ގޮނޑި، މޭޒުތައް ފަދަ ތަކެތި ފޮހެ ސާފުކުރުން.
 
- ދެ ދުވަހުން އެއްދުވަހު ރަށްވެހިގެއާއި ފާޚާނާތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަދުވެގެން މަހަކު އެއްފަހަރު ރަށްވެހިގޭގައި ބޭނުންކުރާ ބެޓްޝީޓް، ބާލީސްއުރަ، ސޯފާގޮނޑީގެ އުރަތަ ފަދަ ތަކެތި ދޮވެ ސާފުކުރުން.
 
- ކޮންމެ ހަމަހަކުން އެއްފަހަރު ރަށްވެހިގޭ ވަޅު ސާފުކޮށް ދިޔަހިއްކުން.
 
- ކަނޑައެޅޭ ދުވަސްތަކުގައި އޮފީހުގެ ދިދަނަގައި ތިރިކުރުން.
 
- އެކި ފަރާތްތަކަށް ރައްދުކުރުމަށް، ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުމާއި، އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތަށް ހާޒިރުވުމަށް އެންގުން.
 
- އޮފީހުން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކަށް ތައްޔާރުކުރަންޖެހޭ ތަންތަން ތައްޔާރުކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.
 
- ކައުންސިލްގެ އެކިއެކި މަސައްކަތްތަކަށް ގެންދެވޭ ތަކެތި އަބުރާ ގެނައުމުން، ދޮވެ ސާފުކޮށް، ގުދަން ބަލަހައްޓާ ފަރާތާ ހަވާލުކުރުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.
 
- ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރު ހުރި މިންވަރު.
 
  | 
| 
 އިންޓަވިއުއާއި، އިމްތިޙާނާއި ޕްރެޒެކްޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 | 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ. 
 | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 
 | 
 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނީ،  2016 މާރިޗު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށެވެ. މި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.  އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6680884 އެވެ. 
 | 
| 
   
އުޖޫރައާއި ޢިނާޔަތްތައް: 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
 
  | 
| 
   
  
  
  
ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިސް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރާ މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ)
 
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
 
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީ.ވީ)
 
  | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6680056  ނަންބަރު ފޯނަށެވެ.  ފެކްސް ނަންބަރަކީ، 6680884 އެވެ. އީ- މެއިލް ކުރާނީ، [email protected] އަށެވެ. 
 |