ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)334/334/2016/20
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 27 މާރިޗު 2016 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
23 ޑިސްޓްރިބިއުޝަން ފޮށި ވިއްކާނެ ފަރާތެއް ހޯދަން

އިޢުލާން

ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަން ފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ 23 ޑިސްޓްރިބިއުޝަން ފޮށި ވިއްކާނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކޮށްފައިވާ ނަންބަރު: IUL334/334/2015/103 އިޢުލާނަށް ކުރިމަތިލާފައި ފަރާތްތަކުން މަޢުލޫމާތު ފުރިހަމަކަމަށްނުވާތީ އެ އެއިޢުލާން ވަނީ ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

މިރަށު ރައްޔިތުންގެ ގޮތުގައި މިކައުންސިލުން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް ފުޅާ ކުރުމުގެ ދެވަނަ ފޭސްގެ މަޝްރޫޢުގެ ދަށުން ކޮމްޕްލީޓް ކުރެވިފައިވާ 23 ޑިސްޓްރިބިއުޝަން ފޮށި ހުރާ ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި ބިޑް ހުށަހަޅާ ފަރާތަކުން ކޮންމެ އަންދާސީހިސާބެއްވެސް ވަކިވަކިން އެނގޭނޭގޮތަކަށް ބިޑްގައި ހުށަހަޅަން ވާންވާނެއެވެ.

ވީމާ، 27 މާރިޗު 2016 ވަނަ ދުވަހުގެ 13:30ގައި މަޢުލޫމާތު ސާފުކުރުން މި އިދާރާގައި އޮންނާނެއެވެ. އަދި 31 މާރިޗު 2016 ވަނަދުވަހުގެ 13:30ގައި ބިޑް ހުށަހެޅުން އޮންނާނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުންވާނީ 7993018 / 6640074 ނަންބަރު ފޯނާއެވެ.

މި ކައުންސިލުން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ކުންފުންޏެއްގެ ފަރާތުން ފޮނުވި މީހެއްކަން ބަޔާންކުރައްވާ ކުންފުނީގެ ލެޓަރހެޑްގައި ލިޔުއްވާފައިވާ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްއާޚިރާ 1437 

14 މާރިޗު 2016