ދިވެހިރާއްޖެ
އިޢުލާން
ދޮރުފޮތި ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ އައުޢިމާރާތުގެ އޮފީސް ބްލޮކަށާއި ކްލާސްރޫމްތަކަށް ދޮރުފޮތި ތައްޔާރުކޮށް ރީލިންގ ފައްޗާއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
އަދަދު |
ތަފުސީލު |
19 |
ދިގުމިން 9 ފޫޓު x ފުޅާމިން 8 ފޫޓު |
08 |
ދިގުމިން 9 ފޫޓު x ފުޅާމިން 6 ފޫޓު |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 މާރޗް 24 ވާ ބުރާސްފަތި ދުވަހުގެ 12:00 |
2016 އޭޕްރީލް 03 ވާ އާދީއްތަ ދުވަހުގެ 12:00 |
ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:
އަގަށް: 65 ޕޮއިންޓް
މުއްދަތު: 15 ޕޮއިންޓް
މާލީ ޤާބިލުކަން: 10 ޕޮއިންޓް
ތަޖުރިބާ: 10 ޕޮއިންޓް
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.