ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް، ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭގޮތުން ކުރި އިޢުލާނާބެހޭ
ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 03 ފެބުރުވަރީ 2016 ވަނަ ދުވަހު މިކައުންސިލުން ކޮށްފައިވާ ނަންބަރު IUL)242/242/2016/1) އިޢުލާނާ ގުޅިގެން ހެދިފައިވާ މަޢުލޫމާތުޝީޓުގައި މާކްސް ދިނުމުގެ އުސޫލު ކަނޑައެޅިފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
05 ޖުމާދަލްއާޚިރާ 1437