މަސައްކަތް
ނަންބަރު: 328-ED/2016/18
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 21 މާރިޗު 2016 11:30
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައްތިޔާ ބުޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

                      އިޢުލާން

އޮޑިދޯނިފަހަރު ބަނދަރުކުރުމަށްޓަކައި ފައްތިޔާ ބުޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އޮޑިދޯނިފަހަރު ބަނދަރުކުރުމަށްޓަކައި 13 ފައްތިޔާ ބުޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 މާރިޗު 2016 (ހޯމަ) ދުވަހުގެ 11.30 އަށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2016 (ބުރާސްފަތި) ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއަކާއެކު، އައި.ޑީ.ކާޑުގެ ކޮޕީއެއް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިންނާއި ފަހުން މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކައާއި، މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016