ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)420-AS/242/2016/14
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 07 އޭޕްރިލް 2016 13:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ތިރީގައިމިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ އޮފީސް:

ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4100 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

1- ސާނަވީ ތަޢުލީމް ގްރޭޑް 7 ނިންމާފައިވުން. ނުވަތަ؛

2- އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހަކަށްވުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- ޑިއުޓީ ކުރަންފެށުމުގެ ކުރިން ކައުންސިލް އިދާރާގެ ސަލާމަތާ ގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން.

2- ކައުންސިލް އިދާރާ ހިމެނޭ އިމާރާތާއި، ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ބެލެހެއްޓުން.

3- ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ވަކިކަމަކަށް އިދާރާއަށް ވަނުމަށް ހުއްދަ ދީފައިވާ އިދާރާގެ މުވައްޒަފުން  ނުވަތަ މީހުން ފިޔަވައި އިތުރުމީހުން ނުވަތަ ބަޔަކު އިދާރާގެ ގޯތިތެރެއަށާއި އިދާރާއަށް ވަނުން މަނާކުރުން.

4- ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކައުންސިލް އިދާރާގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން.

5- އިދާރާގެ ޑިއުޓީކުރަމުންދާއިރު ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ލިޔެ ނޯޓްކުރުމަށްފަހު ދުވަހުން ދުވަހަށް ކައުންސިލް އިދާރާއަށް ހުށަހެޅުން.  ބަންދު ދުވަސްތަކުގެ ރިޕޯޓް ހުށަހަޅާނީ، ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

6- އިދާރާގެ ރަސްމީ ދިދަ، ހެނދުނު 6.00 ގައި ނަގައި، ހަވީރު 6.00 ގައި، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ތިރިކުރަންވާނެއެވެ.

7- ޑިއުޓީ ބަދަލުކުރުމުގައި ޑިއުޓީގައި ހުންނަމީހާ ދާންވާނީ، ޑިއުޓީއަށް އަންނަ މީހަކަށް އެ ޑިއުޓީއެއްގައި މެދުވެރިވި އެންމެހައި ކަންކަން  އޮޅުންފިލުވައިދީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭފަދަ ކަމެއް އޮތްނަމަ، އެކަމެއް އޮޅުންފިލުވައިދީފައެވެ.

8- ރަށުގެ ތަރައްޤީއަށް ކައުންސިލުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ވީއްލުމާމެދު  އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

އިންޓަރވިއުކުރުން

މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

5 ޖުމާދަލްއޫލާ 1437

 

14 މާރިޗު 2016