މަސައްކަތް
ނަންބަރު: IL-B/2016/16
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 29 މާރިޗު 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ހާފިޒުން ހޯދުމާބެހޭ

އިޢުލާން

އިމާމުވެ ތަރާވީޙުނަމާދު ކުރާނެ ހާފިޒުން ހޯދުމާބެހޭ

1437 ވަނަ އަހަރު ރަމަޟާންމަހު ފަރެސްމާތޮޑާގައި ތަރާވީޙުނަމާދު ކުރާނެ 02 ހާފިޒުން އިންޑިއާއިން ގެންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ފޯން ނަންބަރު 6840004 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހާފިޒުން ގެނެސްދެވޭނެ އަގުގެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކެރެއްވުމަށް ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ލަޠީފާއެވެ. ފެކްސްއިން ފޮނުއްވާ ފަރާތްތަކުން ފެކްސް ކުރައްވާނީ 6840014 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފާރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގާއި، ތަޖުރިބާއަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016