ދިވެހިރާއްޖެ
އިޢުލާން
ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 23 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ ލިޔުންތައް (މަޢުލޫމާތުޝީޓު، ކުރެހުންތައް، ބީއޯކިއު، އަގު ހުށަހަޅާ ފޯމު ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްގެ ވެބްސައިޓް (www.judiciary.gov.mv) އިން ލިބެން ހުންނާނެއެވެ.
ނަން ނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންނަމަ އެ މަޢުލޫމާތު އެނގޭގޮތަށް އެ ފަރާތުގެ ލެޓަރހެޑްގައި 29 މާރިޗު 2016 ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 30 މާރިޗު 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 14:00
އަންދާސީހިސާބު ހުށަހަޅުއްވާނީ: މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެފަރާތަކުން ނަންނޯޓު ކުރެއްވި ތަނަކަށެވެ.
06 ޖުމާދަލްއާޚިރާ 1437