ދިވެހިރާއްޖެ
އިޢުލާން
މި ރަށުގެ މީހުން ދިރިނޫޅޭ ސަރަޙައްދުގައި 50 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް 50 އަހަރުދުވަހަށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާމެއެވެ.
- މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްފޮތް ވިއްކުން 20 މާރިޗު 2016 ވަނަ ދުވަހުން ފެށިގެން 30 މާރިޗު 2016 ވަނަ ދުވަހާ ހަމައަށް ހެނދުނު 10:00 ން ފެށިގެން 13:30 އަށް މި ކައުންސިލުގައި އޮންނާނެއެވެ.
- ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު ކައުންސިލަށް ހުށަހެޅުމުންނެވެ. މި ފޯމު އޮފީސް ބަންދު ނޫން ގަޑިތަކުގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ކުންފުނި، ޕާޓްނަރޝިޕް އަދި އަމިއްލަ ފަރާތްތަކަށް ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/2000 (ދެހާސް ރުފިޔާ) އެވެ. އަދި މި ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
ބިޑް ގަތުމަށް އެދޭ ފޯމާއެކު ތިރީގައި މިވާ ތަކެތި ހުށަހަޅަންވާނެއެވެ.
1- ކުންފުންޏަކުން ނަމަ، ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމުގެ ހުއްދަ ދޫކުރި ކަމުގެ ޕަވަރއޮފް އެޓަރނީ. (އަމިއްލަ ފަރާތްތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)
2- އަމިއްލަ ފަރާތަކުން ނަމަ، އައިޑެންޓިޓީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ، ކުންފުނި، ޕާޓްނަރޝިޕް ނަމަ ރަޖިސްޓްރޭޝަނުގެ ކޮޕީ.
3- ބިޑްފޮތް ގަތުމަށް ދައްކަންޖެހޭ ފައިސާ.
- ބިޑްފޮތާއި ސީރިއަލް ނަންބަރު ގަންނަ ފަރާތް ނޫން އެހެން ފަރާތަކަށް ނުދެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް އެއް ބިޑަށްވުރެ އިތުރަށް ހުށައެއްނޭޅޭނެއެވެ.
- ޕްރީ–ބިޑް މީޓިންގ އޮންނާނީ 31 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚަކީ 28 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި ކައުންސިލް އިދާރާއަށެވެ.
- ބިޑް ހުޅުވުން އޮންނާނީ، 28 އެޕްރީލް 2016 ވާ އާދީއްތަ ދުވަހު ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ކައުންސިލް އިދާރާގައެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6645377 ނަންބަރު ފޯނަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
04 ޖުމާދަލްއާޚިރާ 1437