ދިވެހިރާއްޖެ
އިޢުލާން
1437 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
1437 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް އިޚްލާޞްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙުނަމާދުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރަށުން ބޭރުން ޙާފިޡަކު ގެންނަވައިގެން އެ މިސްކިތުގައި ތަރާވީޙުނަމާދު އިމާމުވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއެކު ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމުގައި ޢަމަލުކުރާނީ ހދ. އަތޮޅު ކައުންސިލުގެ އިދާރާގެ ނަންބަރު: A/2016/72-ފ226 (9 މާރިޗު 2016) ގެ މެސެޖާއެކު ފޮނުއްވާފައިވާ "1437 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުމާބެހޭ" ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާންމުކުރައްވާފައިވާ ނަންބަރު B1/CIR/2016/7-ފ141 (6 މާރިޗު 2016) ސަރކިއުލަރއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ޖުމާދަލްއާޚިރާ 1437