މަސައްކަތް
ނަންބަރު: IAS/MIS/2016/518
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:50
ސުންގަޑި: 22 މާރިޗު 2016 13:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މޫނިމާ ލޯންޖުގެ ގޮނޑިތަކަށް ބޭނުންވާ ސީޓް ކަވަރ ހެދުމަށް

އިޢުލާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މި ކުންފުނީގެ މޫނިމާ ލޯންޖުގެ ގޮނޑިތަކަށް ބޭނުންވާ ސީޓް ކަވަރ ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 22 މާރިޗު 2016 ވާ އަންގާރަަ ދުވަހުގެ 13:00ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ، (މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016