މަސައްކަތް
ނަންބަރު: 19/2016/413(iul)
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 21 މާރިޗު 2016 13:30
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ މަގުފާރު ރޭނުން

އިޢުލާން

ބަނދަރުމަތީ މަގުފާރު ރޭނުން

މިރަށު ބަނދަރުމަތީ ހުރަސް އަދި ދިގުމަގުގެ މަގުފާރު މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ރާނައި ސިމެންތިޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވިކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް 80 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 05 ޕޮއިންޓް

ފަންނީ ޤާބިލުކަމަށް  05

މުއްދަތަށް 10 ޕޮއިންޓް

މާލީ ތަނަވަސްކަމަށް ޕޮއިންޓްދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.    

14 މާރިޗު 2016